އިންޖިނިއަރުންގެ ބައިނަލް އަޤުވާމީ ކޮންފަރެންސް އެމްއެންޔޫގައި މިއަދު ފަށައިފި

ތުރުކީގެ އަކްސަރީ ޔުނިވަސިޓީން އިންތިޒާމްކުރާ އިންޖިނިއަރިންގ ކޮންފަރެންސް ދިވެހި ޤައުމީ ޔުނިވަރސިޓީގައި މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ރާއްޖޭގައި ބާއްވަނީ ޔުނިވަސިޓި އޮފް މޮރިޝަސްއާ ގުޅިގެންނެވެ.

އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިންގ (އައިސީއީސީސީއެމްއީ) ނަމުގައި ކުރިއަށްދާ މި ކޮންފަރެންސް މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެވެ.

މި ކޮންފަރެންސް ޝަރަފުވެރިކޮށް ދެއްވީ ފެނަކައިގެ ޗެއާޕާސަން މުހައްމަދު ރަޝީދެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފު ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ އިންޖިނިއަރުން އެއްތަނަކަށް އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަނާއި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ އެތައް މައުލޫމާތެއް ހުށަހަޅައި ޚިޔާލު ބަދަލުކުރުމުން އޭގެ ފައިދާ ދެ ފަރާތަށް ކުރާނެ ކަމަށެވެ.

އެމްއެންޔޫ އިން ބުނި ގޮތުގައި މި ކޮންފަރެންސްގައި ކަމާގުޅޭ އިދާރާތަކުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ހިޔާލު ހިއްސާކުރާނެއެވެ. މި ކޮންފަރެންސަށް 400 އެންހާ ރިސާރޗް ކަރުދާސް ހުށަހަޅާނެއެވެ. އޮންލައިންކޮށް ވެސް ރިސާރޗް ޕޭޕަރުތައް ހުށަހެޅޭގޮތަށް މި ސެމިނަރ އިންތިޒާމްކޮށްފައިވާއިރު، 165 ޕޭޕަރު އޮންލައިންކޮށް ހުށަހަޅާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

އެ ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *