ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ތިން އުމުރު ފުރައަކަށް ކުރިއަށް ގެންދިޔައިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން ހޮވައިފިއެވެ. މި ތިން ކުޅުންތެރިންނަކީ ވެސް އަފީފުއްދީން ސްކޫލްގެ ކުޅުންތެރިންނެވެ. ބެސްޓް ވުމެން ސީރީޒްގެ ގޮތުގައި، 13 އަހަރުން ދަށުން ހޮވުނީ، އާމިނަތު އައުހާ އަބްދުލް ރަހީމެވެ. 15 އަހަރުން ދަށުން ހޮވުނީ، އައިޝަތު ހަނާން ހަސަނެވެ. 17 އަހަރުން ދަށުން ހޮވުނީ ލަމްޔާ އަބްދުﷲއެވެ.
ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތިން އުމުރު ފުރައިން ވެސް އެއްވަނަ ހޯދީ އަފީފުއްދީން ސްކޫލުންނެވެ. 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ޖަލާލުއްދީނުގެ މައްޗަށް 5-33 ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީނުން ހޯދީ، ކުމުންދޫ ސްކޫލާ ބައްދަލުކޮށް އ19-20 އިންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ އައިޝަތު ހަނާން ޙައްސާނެވެ.
13 އަހަރު ދަށުގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަލާލުއްދީނުގެ މައްޗަށް 2-20 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
advertisment
ހިޔާލު