އިންޓަރ ސްކޫލް އެއްވަނަ ޒޯން ނެޓް ބޯޅަ މުބާރާތް: ތިން ތަށި ހޯދާ، މުބާރާތުގެ ރަނިކަން އަފީފުއްދީނަށް

ޒޯން އެކެއްގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާ، އެ މުބާރާތުގެ ހުރިހާ ޢުމުރުފުރައެއްގެ ޗެންޕިއަންކަން އަފީފުއްދީނުން ހޯދީއެވެ. މިއަދު ހަވީރު ޖަލާލުއްދީން ސްކޫލާ ބައްދަލުކޮށް އަފީފުއްދީނުން ތަށި ގެންދިޔައީ ތަފާތު ބޮޑުކޮށް 5-33 އިންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ ޙަމްދާ ހަސަން ހަމީދެވެ.

މި އުމުރު ފުރައިގައި ފަސް ސްކޫލަކުން ބައިވެރިވިއިރު، ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީވެސް އަފީފުއްދީނެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީނުން ހޯދީ، ކުމުންދޫ ސްކޫލާ ބައްދަލުކޮށް އ19-20 އިންނެވެ. ފައިނަލް މެޗްގެ ވުމެން އޮފް ދަ މެޗަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ އައިޝަތު ހަނާން ޙައްސާނެވެ.

13 އަހަރު ދަށުގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަލާލުއްދީނުގެ މައްޗަށް 2-20 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި މިބާރާތުގެ އެންމެ މޮޅު ކުޅުންތެރިން

ތޭރަ އަހަރުން ދަށް:

  • އާމިނަތު އައުހާ އަބްދުއްރަހުމާން، އަފީފުއްދީން ސްކޫލް
  • މަރިޔަމް ލިމްޔާ، ނެއްލައިދޫ ސްކޫލް
  • އާމިނަތު އީމާން އަބޫބަކުރު، އަފީފުއްދީން
  • އައިޝަތު ނަބާހަތު އަހުމަދު، ޖަލާލުއްދީން
  • މަރިޔަމް ނާޔާ، އަފީފުއްދީން
  • އައިޝަތު ޝާޔަން، ފުނަދޫ ސްކޫލް
  • އާމިނަތު ނައިނާ އަބްދުﷲ، ޖަލާލުއްދީން ސްކޫލް

15 އަހަރުން ދަށް:

  • އައިޝަތު ހަނާން ހަސަން، އަފީފުއްދީން ސްކޫލް
  • މިރާޝާ ކުމުންދޫ ސްކޫލް
  • ރަހާ އަބްދުއް ރައްޒާޤު، އަފީފުއްދީން ސްކޫލް
  • ފާތިމަތު ރިމްޝާ މުޙައްމަދު، ކުމުންދޫ ސްކޫލް
  • ރިފާޝާ އަބްދުލް ހަމީދު، އަފީފުއްދީން ސްކޫލް
  • އާމިނަތު ޒައިބާ ހަމީދު، އަފީފުއްދީން ސްކޫލް
  • މަރިޔަމް މިޝްކާ އަހުމަދު، ކުމުންދޫ ސްކޫލް

17 އަހަރުން ދަށް:

  • ލަމްޔާ އަބްދުﷲ، އަފީފުއްދީން ސްކޫލް
  • އައިޝަތު އަމަތުﷲ، ޖަލާލުއްދީން ސްކޫލް
  • މަރިޔަމް ޝަހާމާ މުހައްމަދު، އަފީފުއްދީން ސްކޫލް
  • މަރިޔަމް ޝައުޝަން ބަޝީރު، ޖަލާލުއްދީން ސްކޫލް
  • މަރިޔަމް އަހުމަދު، އަފީފުއްދީން ސްކޫލް
  • އަޔާނާ އަބްދުލް ރަޝީދު އަހުމަދު، އަފީފުއްދީން ސްކޫލް
  • ފާތިމަތު ޝައިހާ އަސްލަމް، އަފީފުއްދީން ސްކޫލް

އެންމެ މޮޅު ކޯޗުން:

13 އަހަރުން ދަށް: ހަސީނާ ހަސަން، އަފީފުއްދީންގެ ކޯޗް

15 އަހަރުން ދަށް: ނަބީލާ އިސްމާއިލް، އަފީފުއްދީން ސްކޫލްގެ ކޯޗް

17 އަހަރުން ދަށް: ނާޝިދާ މޫސާ، އަފީފުއްދީން ސްކޫލް ކޯޗް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *