ރެހެންދި ސްކޫލްގެ ޕެނަލް ބޯޑެއްގައި ރޯވި އަލިފާން ނިއްވައިލައިފިއެވެ. އަލިފާން ރޯވީ 6:30 ހާއިރު، އެ ސްކޫލްގެ 4އަދި 5 ވަނަ ފަންގި ފިލާގައި ހުރި ކަރަންޓް ޕެނަލްބޯޑެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ، ރޯވި އަލިފާން ވަރަށް އަވަހަށް ނިއްވައިލެވުނު ކަމަށާއި، އެކަމުގައި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަން ލިބުނު ކަމަށެވެ.
އެވަގުތަކީ ދަރިވަރުން ސްކޫލަށް އަންނަމުން ދިޔަ ވަގުތު ކަމަށް ވުމާއެކު ރައްކާތެރި ކަމާއެކު އެ ފަންގިފިލާ ތަކުން ކުދިން ބާލައި ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެކަން ކުރުމުގައި ދަރިވަރުންގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައިވާނެކަމަށް ވެސް ބުނެފައެވެ.
އެ މިނިސްތްރީން ބުނީ، އަލިފާން ރޯވުމުގެ ސަބަބުން ކަރަންޓް ކެނޑިފައިވާ ދެ ފަންގިފލައަށް ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު