އިސްލާމިކް ޔުނިވަރސިޓީގެ ފޮތް މައުރަޒު އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.
"އިޤްރާ " ގެ ނަމުގައި ކުރިއަށް ގެންދާ މި މައުރަޒު މި މަހު 21 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މައުރަޒު އޮންނާނީ އެ ޔުނިވަރސިޓީގެ ހޯލުގައެވެ.
މި ފޮތް މަޢުރަޒުގެ މައިގަނޑު މަޤްޞަދަކީ ޔުނިވަރސިޓީން ފޮތްކިޔުމަށާއި ފޮތަށް މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯބި އަށަގެންނެވުމަށް، ޔުނިވަރސިޓީން އިސްވެ މަސައްކަތްކުރުމެވެ.
މި ފޮތް މަޢުރަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޮންލައިން ރިސޯސްތައް ހޯދުމުގެ އުކުޅުތަކާއި، ކުޑަކުދިންގެ މަހާސަމާ، ޅެންވެރިންގެ ޖަމިއްޔާގެ އަދަބީ ހަރަކާތް، މައުލޫމާތުގެ ސެޝަންތަކާއި، މުޞައްނިފާއެކު ވަގުތުކޮޅެއް އަދި ކިޔުމުގެ އާދަ މުޖުތަމައުގައި އަށަގެންނވުމާގުޅޭ އޮންލައިން ވެބިނަރ އެއް ހިމެނެއެވެ.
މި ފޮތް މަޢުރަޒުގެ ހަރަކާތްތަކުގައި ޔުނިވަރސިޓީގެ ފަރާތުން، އެކި އުމުރުގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކުރެވިގެން މުސްތަޤުބަލުގައި ބޭނުންކުރެވޭނެ އެތަކެއް ހުނަރެއް ދަސްކޮށްދެވޭނެ އެވެ.
އިސްލާމިކް ޔުނިވަރސިޓީން ބުނީ، މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވެސް އޮތީ ހުޅުވާލާފައި ކަމަށެވެ.
advertisment
ހިޔާލު