ސައިކްލިންގ ޓްރެއިނިންގ ކޭމްޕެއްގައި ބައިވެރިވާން ރާއްޖޭގެ ތިން ދަރިވަރަކު ނިއުދިއްލީއަށް މާދަމާ ފުރާގޮތަށް ހަމަޖައްސައިފިއެވެ.
މިއީ އޭޝިއަން ސައިކްލިން ކޮންފެޑެރޭޝަނާއި ޔޫސީއައި އިން މިމަހުގެ 12ން 28 އަށް އިންޑިޔާގެ ނިއުދިއްލީގައި ކުރިއަށް ގެންދާ ސައިކްލިންގ ޓްރެއިނިންގ ކޭމްޕެކެވެ. މި ކޭމްޕްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސީއެޗްސްއީގެ މުޙައްމަދު ސައިފްޝާން އަބްދުﷲ އާއި އަހުމަދު އަތީކު އާމިރުގެ އިތުރުން ޣާޒީ ސްކޫލްގެ މާކިން ޔޫސުފު އޯލާ ގާމޭޖްއެވެ. މިއީ މިފަދަ ކޭމްޕެއްގައި ރާއްޖޭގެ ފަރާތުން ދުއްވުންތެރިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ބައިކް މޯލްޑިވްސްއިން ބުނީ މި ޓްރެއިނިންގ ކޭމްޕް އިތުރުން ދެ ކޯޗުން، ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާނެ ކަމަށެވެ. ތަމްރީނުވާ ދެ ކޯޗުން ނަކީ އިބްރާހިމް ތަޢުފީގު( ޖަމްބޯ) އާއި މުޙައްމަދު މަޢުރޫފެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޔޫނިއަން ސައިކްލިންގ އިންޓަރނޭޝަނަލް ކޯޗިންގ ކޯސް މިދިޔަ އަހަރު ފުރިހަމަ ކުރީ، އެ އެސޯސިއޭޝަންގެ ސެކެރެޓަރީ ޖެނެރަލް އަސްމާ ޙަސަންއާއި މެމްބަރު، މުޙައްމަދު ޝާކިރެވެ.
ބައިކް މޯލްޑިވްސްއިން ބުނީ މިއީ، ޔޫސީއައިގެ މެމްބަރަކަށް ވާތީ އެފަރާތުން ފަހިކޮށްދީފައިވާ ފުރުޞަތެއް ކަމަށެވެ.
ބައިކް މޯލްޑިވްސް ވަނީ ރާއްޖޭގެ ހަތަރުވަނަ އިންޓަރ ސްކޫލް ސައިކްލިންގ މުބާރާތް މި އަހަރު ބާއްވާފައެވެ.
advertisment
ހިޔާލު