ފުރަތަމަ ޒޯނުގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ހަތް ސްކޫލަކުން 16 ޓީމާއެކު އިއްޔެ ފަށައިފިއެވެ.
ފުރަތަމަ ޒޯނުގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ފެށުން ބޮޑުތަކުން ރަނގަޅުކޮށްފިއެވެ.
އިއްޔެ ހަވީރު ފެށި މި މުބާރާތުގައި، ފުރަތަމަ ކުޅުނީ 13 އަހަރުން ދަށުގެ ބައިން، ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. މި މެޗް ނިމުނީ 4 – 4ން އެއްވަރުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެއްލައިދޫ ސްކޫލްގެ ސާރާ އަހުމަދެވެ.
ދެވަނަ މެޗްގައި އިއްޔެ ކުޅުނީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލެވެ. އަފީފުއްދީން ސްކޫލުން މި މެޗް ގެންދިޔައީ ބޮޑުތަފާތަކުންނެވެ. އަފީފުއްދީނުން 13 ޕޮޓް ޖަލާލުއްދީން ކޮޅަށް ވައްޓާލިއިރު، ޖަލާލުއްދީނަށް ވައްޓާލެވުނީ އެންމެ ޕޮޓެކެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ އާމިނަތު އައުހާ އަބްދުއްރަހީމެވެ.
17 އަހަރުން ދަށުގެ ފުރަތަމަ މެޗްގައި ޖަލާލުއްދީނާއި ނޮޅިވަރަމް ސްކޫލްގެ މެޗް 13-13އިން ވީ އެއްވަރެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ޖަލާލުއްދީނުގެ އައިޝަތު އަމަތުﷲއެވެ. 17 އަހަރުން ދަށުގެ ދެވަނަ މެޗްގައި ނެއްލައިދޫ ސްކޫލްގެ މައްޗަށް އަފީފުއްދީނުން ކާމިޔާބު ހޯދީ ތަފާތު ބޮޑުކޮށެވެ. 3-52 މި މެޗުން އަފީފުއްދީން މޮޅުވެ، މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ލަމްޔާ އަބްދުﷲއެވެ.
15 އަހަރުން ދަށުގެ ފުރަތަމަ މެޗްގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު މޮޅުވީ ޖަލާލުއްދީނުގެ މައްޗަށް 18-08 ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ރިޒުވާނާ އިބްރާހިމެވެ.
15 އަހަރުން ދަށުގެ ދެވަނަ މެޗްގައި ނެއްލައިދޫ ސްކޫލްގެ މައްޗަށް ކުމުންދޫ ސްކޫލުން ކުރި ހޯދީ 7-22 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ މަރިޔަމް މިޝްޤާ އަހުމަދެވެ.
advertisment
ހިޔާލު