ތަޢުލީމީ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމް ހޯދައިފިއެވެ. ޗެމްޕިއަންކަން އެޑިޔުކޭޝަން ހޯދީ، ރެހެންދި ސްކޫލްގެ ޓީމާ ވާދަކޮށް 3-1 އިންނެވެ.
އެޑިޔުކޭޝަން މޮޅުވީ، ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ނަތީޖާއަކުން އެއްވަރު ވުމުން އިތުރު ވަގުތުގައި އިތުރު ދެ ލަނޑު ޖަހައިގެންނެވެ. މޭން އޮފް ދަ މެޗަކަށް ހޮވުނީ، އެޑިޔުކޭޝަންގެ ޖޯޒީ ނަމްބަރު 8 މުޙައްމަދު ސާއިލެވެ.
މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނެވެ. މި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހީ ބިލަބޮންގ ހައި ސްކޫލްގެ ޖޯޒީ ނަމްބަރު 5، އަބްދުﷲ އިބްރާހިމެވެ. އޭނާ 13 ލަނޑު ޖަހާފައިވެއެވެ.

މި މުބާރާތުގައި 13 ޓީމަކުން ބައިވެރިވިއެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިން
އަބްދުﷲ އިބްރާހިމް، ޖޯޒީ ނަމްބަރު 5، ބިލަބިންގ ހައި ސްކޫލް
އަބްދުލް ވަލިއްޔު އަލީ ޖޯޒީ ނަމްބަރު 6، އެޑިޔުކޭޝަން
އަލީ އިފްރާގު، ޖޯޒީ ނަމްބަރު 21، ޕަބްލިކް އެގްޒަމިނޭޝަންސް
ކުރަނަގަތި ސަންނުގަން ޖޯޒީ ނަމްބަރު 8، ބިލަބޮންގ ހައި ސްކޫލް
މުޙައްމަދު ސާއިލް ޖޯޒީ ނަމްބަރު 8، އެޑިޔުކޭޝަން.
advertisment
ހިޔާލު