ލަންދޫ ސްކޫލުގެ ސްޕޯޓްސް ފެސްޓިވަލުގައި، ބޭނުން ނަމްބަރެއް ޖޯޒީގައި ޖެހުމުގެ ފުރުޞަތު ދަރިވަރުންނަށް

ތަފާތު ގޮތަކަށް ލަންދޫ ސުކޫލުގެ ސްޕޯޓްސް ފެސްޓިވަލް ފަށައިފިއެވެ.

މިފެސްޓިވަލުގައި 2 މުބާރާތެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ފިރިހެން ދަރިވަރުންނަށް ފުޓްބޯޅަ އަދި އަންހެން ދަރިވަރުންނަށް ހޭންޑް ބޯޅަ މުބާރާތެކެވެ. ފެސްޓިވަލް ފެށުމުގެ ކުރިން މުބާރާތަށް ދަރިވަރުންނަށް ތައްޔާރުކުރި ޖޯޒީތައް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ލަންދޫ ސުކޫލުގެ މިފެސްޓިވަލު އިންތިޒާ ކޮށްފައިވަނީ ދަރިވަރުން ބޭނުންވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދީގެންނެވެ. އެގޮތުން ދަރިވަރުންގެ ޖާޒީގައި ޖަހާފައި ވަނީ އެ ދަރިވަރަކު ބޭނުންވި ނަމާއި ނަމްބަރެވެ.

" ކޮވިޑްގެ ސަބަބުން 3 އަހަރު މިދިޔައީ ދަރިވަރުންނަށް ރަނގަޅު މުބާރާތެއް ނުބޭއްވި. އެހެން މިފަހަރު މުބާރާތް މިބާއްވާނީ އެކުދިން ބޭނުންހާ ކަމެއް ކޮށްދީގެން ވަރަށް ފެންވަރު ރަނގަޅުކޮށް. އެކުދިން ބޭނުންވީ ރޭގަނޑު މެޗްތައް ކުޅެން. ގިނަ ކުދިން ބޭނުންވަނީ މެސީ އަދި ރޮނާލްދޯގެ ނަމްބަރ . އެއްޓީމެއްގަ ނަމްބަރު ތަކުރާރުވިޔަސް އެކުދިން ބުނި ނަމްބަރ ޖަހައިދިނީ. އެހެން ހެދީމަ ޓީމެއްގައި އުޅޭ 10 ނަމްބަރުގެ 4 ކުދިންވެސް . ދަރިވަރުން ތިބީ ވަރަށް އުފަލުން " ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފު އަބުދުއްރަޙީމް ވިދާޅުވިއެވެ.

މިފެސްޓިވަލު ކުރިއަށް ދަނީ ސުކޫލުގެ 3 ހައުސް މެދުގައެވެ. ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް 4 އުމުރު ފުރާ އަށް ބަހާލައިގެން ކުރިއަށް ގެންދާ މިފެސްޓިވަލު އިއްޔެ ހަވީރު ވަނީ ފަށާފައެވެ. މިފެސްޓިވަލު ޝަރަފްވެރިކޮށްދެއްވީ ކައުންސިލުގެ ނައިބު ރައީސާއި ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފު އަބުދުއްރަޙީމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *