ލާމަސީލު ލާމު ވާހަކަ ދެއްކުމުގެ މުބާރާތުގެ އެއްވަނަ އިސްދޫ ސްކޫލަށް

ލާމަސީލު ލާމު ވާހަކަ ދެއްކުމުގެ މުބާރާތުގެ އެއްވަނަ އިސްދޫ ސްކޫލުން ހޯދައިފިއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ބޭއްވި މި މުބާރާތުން ދެވަނަ ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ހޯދިއިރު، ތިން ވަނަ ހޯދީ ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ސާދަ އަހަރުން މަތީގެ ޢުމުރު ފުރައައާއި ދަށުގެ ފުރުފުރައަށެވެ.

ހައްދުންމަތީގެ 10 ސުކޫލަކުން 119 ދަރިވަރުން މި މުބާރާތުގައި ވާދަ ކުރިއެވެ.

މުޅި މުބާރާތުގެ އެންމެމޮޅު ވާހަކަދެއްކުންތެރިންގެ ބައިން އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޒުލައިޚާ ޔާސްމީނެވެ.  ދެވަނަ ޙާޞިލް ކޮށްފައި ވަނީ ލ. މާމެންދޫ ސްކޫލްގެ ޢަބްދުﷲ ޢަޒާން އަޒުވަރު އާދަމެވެ. ތިންވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ބިންތު ޢަބްދުއްރައޫފެއެވެ.

14 އަހަރުން މަތީގެ ސްކޫލްތަކުގެ ބައިން އެއް ވަނަ ހޯދީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުންނެވެ. ދެ ވަނަ އިސްދޫ ސްކޫލުން ހޯދިއިރު، ތިން ހޯދީ ވަނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

14 އަހަރުން ދަށުގެ ސްކޫލްތަކުގެ ބައިން އެއް ވަނަ ހޯދީ އިސްދޫ ސްކޫލުންނެވެ. ދެ ވަނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ހޯދިއިރު، ތިން ވަނަ ހޯދީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

14 އަހަރުން ދަށުގެ ވާހަކަދެއްކުންތެރިންގެ ބައިން އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ އާއިޝަތު އާލާ ޢަލީއެވެ. ދެވަނަ ޙާޞިލްކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ހުސްނު މުޙައްމަދެވެ. އަދި ތިންވަނަ ޙާޞިލް ކޮށްފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަޙުމަދު ޝައިމް ރިޝާއެވެ. 14 އަހަރުން މަތީގެ ވާހަކަދެއްކުންތެރިންގެ ބައިން  އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޒުލައިޚާ ޔާސްމީނެވެ. ދެވަނަ ޙާޞިލްކޮށްފައިވަނީ މާމެންދޫ ސްކޫލްގެ ޢަބްދުﷲ ޢަޒާން އަޒުވަރު އާދަމެވެ. ތިންވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ބިންތު ޢަބްދުއްރައޫފެއެވެ.

ޅި މުބާރާތުގައި ވާހަކަދެއްކި ބައިވެރީންގެ ތެރެއިން ދިވެހިބަހުގެ ގަވާއިދާއި ހަމަތަކަށް ފެތޭހެން، ކުށް ނުލައި، ސާފު ދިވެހިބަހުން އެންމެ މޮޅަށް ވާހަކަދެއްކި ވާހަކަދެއްކުންތެރިޔަކަށް ހޮވިފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ބިންތު ޢަބްދުއްރަޢޫފެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *