މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ސްކޫލަކަށް ޏ. އޭއީސީ

ގދ. ތިނަދޫގައި ބޭއްވީ، މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އެ ސްކޫލުން ވަނީ ފިރިހެން އަދި އަންހެން ކެޓަގަރީން ވެސް މުބާރާތުން އެއްވަނަ ހޯދާފައެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީއިން އެއްވަނަ، އަންހެން ކެޓަގަރީއިން ދެވަނަ ހޯދިއެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީއިން ދެވަނަ، 19 އަހަރުން ދަށުގެ އަންހެން ކެޓަގަރީން އެއްވަނަ، ފިރިހެން ކެޓަގަރީއިން ވެސް 3 ވަނަ ހޯދިއެވެ.

 

މިމަހުގެ 23ން 27އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ސްކޫލްތަކުން ބައިވެރިވެފައިވަނީ 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ދެ ކެޓަގަރީގައި އެވެ. މި މުބާރާތުގައި 36 ޓީމަކުން 1057 އެތްލީޓުން ބައިވެރިވެފައިވެއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ، މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި އެ ސްކޫލަށް ކާމިޔާބު ލިބުނީ އެ ސުކޫލުގެ އެތްލެޓިކްސް މެނޭޖްކުރެވެމުން އައި ފަލްސަފާ ބަދަލުކޮށް، އާ އަޒުމަކާއި، ހިތްވަރަކާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރުމުގެ މާސްޓަރ ޕްލޭނެއްގެ ދަށުން ކުރި މަސައްކަތުން ކަމަށެވެ.

މުބާރާތުގެ ވަނަތައް:

އެންމެ މޮޅު އަންހެން އެތްލީޓް: އަހުނާ ނިޒާރު، ދަ ބުލެކްވާނީ

އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު ރިޝާން، ޝާއިން ސްޕޯޓްސް

މުޅި މުބާރާތުގެ ފިރިހެން ޗެމްޕިއަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މުޅި މުބާރާތުގެ އަންހެން ޗެމްޕިއަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

13 އަހަރުން ދަށް: ފިއެސްޓާ ކެޓަގަރީ

ފިރިހެން ޗެމްޕިއަން : ތިނަދޫ ސްކޫލް

އަންހެން ޗެމްޕިއަން: ދަ ބުލެކް މާލިން

ފިރިހެން ދެވަނަ: މުޙައްމަދު ޖަމާލުއްދީން ސްކޫލް

އަންހެން ދެވަނަ: މުޙައްމަދު ޖަމާލުއްދީން ސްކޫލް

ފިރިހެން ތިންވަނަ: ސ. އަތޮޅު މަދަރުސާ

އަންހެން ތިންވަނަ: އަބޫބަކުރު ސްކޫލް

15 އަހަރުން ދަށް:

ފިރިހެން ޗެމްޕިއަން: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

އަންހެން ޗެމްޕިއަން: ޝަރަފުއްދީން ސްކޫލް

އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު ނޫޙު އަލީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

އެންމެ މޮޅު އަންހެން އެތްލީޓް: އާސިޔަތު އަކްމާ ރަޝީދު، ޝަރަފުއްދީން ސްކޫލް

17 އަހަރުން ދަށް:

ފިރިހެން ޗެމްޕިއަން ޓީމް: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

އަންހެން ޗެމްޕިއަން ޓީމް: ޝަރަފުއްދީން ސްކޫލް

އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު ރިޝާން، ޝާއިން ސްޕޯޓްސް

އެންމެ މޮޅު އަންހެން އެތްލީޓް: އަހުނާ ނިޒާރު، ދަ ބެލެކްވާނީ

19 އަހަރުން ދަށް:

ފިރިހެން ޗެމްޕިއަން ޓީމް: ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

އަންހެން ޗެމްޕިއަން ޓީމް: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު ވިސާމް، ސާއިދު ސްޕޯޓްސް

އެންމެ މޮޅު އަންހެން އެތްލީޓް: މަރިޔަމް ރޫޔާ ރަޝީދު، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *