ކެނދިކުޅުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންދިޔައީ ކެނދިކުޅުދޫ ސްކޫލާއި މާޅެންދޫ ސްކޫލާއި މަގޫދޫ ސްކޫލުގެ ދަރިވަރުންނަށެވެ. މިއީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން، ބޭއްވި މިފަދަ 89 ވަނަ ކޭމްޕެވެ.
މި ކޭމްޕް ނިންމުމުހެ ގޮތުން ކެނދިކުޅުދޫ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުޙައްމަދު ބަޝީރު ދެއްކެވި ވާހަކަފުޅުގައި، މި ކޭމްޕުން ދަސްވިކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑއިގެންނެވިއެވެ.
އޮކްޓޯބަރ 20 އިން 22 އަށް ކެނދިކުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޭމްޕަކީ، ސްކޫލް ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުން ތަކަކަށް ހެދުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ. އެގޮތުން ކުއްލި ހާލަތެއް ނުވަތަ ހާއްސަ ހާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުން ތަކަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އަދި ހަމަ އެހެންމެ ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭމްޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
advertisment
ހިޔާލު