30 އަހަރަށްފަހު، ޝަރަފުއްދީން ސްކޫލަށް އާ ޔުނީފޯމެއް

30 އަހަރަށްފަހު، ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން އިއްޔެ އެ ސްކޫލަށް ކިޔަވަން ނުކުތީ އާ ޔުނީފޯމެއް ލައިގެންނެވެ. އާ ޔުނީފޯމާއެކު، އެކުދިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އާ ޔުނީފޯމްގައި ހިމަނާފައި ވަނީ އެ ސްކޫލްގެ ކުލަ ކަމަށްވާ މެރޫންއާއި ރަން ރީނދޫގެ އިތުރުން މަޑު ކްރީމް ކުލައެވެ. އަންހެން ކުދިންގެ ޔުނީފޯމަކީ މަޑު ކްރީމް ކުލައިގެ ގަމީހަކާއެކު މެރޫން ކުލައިގެ ސްކާޓެއް ނޫނީ އެކުލައިގެ ފަޓްލޫނެކެވެ. ބުރުގާ އަޅާ ދަރިވަރުން ބޭނުން ކުރަނީ މެރޫން ކުލައާއި މަޑު ކްރީމް ކުލައާއި ރަންރީނދޫ ކުލަ ހިމެނޭ ޑިޒައިން ބުރުގާއެކެވެ. ފިރިހެން ކުދިން ބޭނުން ކުރަނީ މަޑް ކުރީމް ކުލައިގެ ގަމީހެކެވެ. ފަޓްލޫނުގެ ކުލައަކީ މެރޫންއެވެ.

ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ވިދާޅުވީ، 30 އަހަރަށްފަހު، އެ ސްކޫލްގެ ޔުނީފޯމް ބަދަލުކުރުމުން ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލްގެ މުވައްޒަފުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. އޭނާ އިތުރަރަށް ވިދާޅުވީ، ޔުނޯފޯމް ބަދަލުކުރީ، އެ ސްކޫލްގެ ޕްލޭންތައް ހަދަމުން ދިޔައިރު، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ސްކޫލްގެ ޓީޗަރުން ވެސް އެކަމަށް ބޭނުންވެގެން ކަމަށެވެ.

" ޔުނީފޯމަށް ބަދަލު ގެނައީ އެންމެންނަށް ވެސް އެ ބަދަލު ގެންނަން ބޭނުން ވެގެން" މުސައްވިރު ވިދާޅުވިއެވެ.

މިހާރު 1150 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޝަރަފުއްދީން ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައި ދެއެވެ. 1992 ވަނަ އަހަރު ސަދަން ސެކަންޑްރީ ސްކޫލްގެ ނަމުގައި ހިންގި ސކޫލް މުހިއްބުއްދީން ސްކޫލަށް ބަދަލުކޮށް، ފަހުން ޝަރަފުއްދީން ސްކޫލަށް ނަން ބަދަލުކުރީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *