ލ. ހިތަދޫ ސްކޫލްގައި ސައިންސް ލެބެއް ހަދަން ބޭނުންވާ ސާމާނު އެރަށު ކައުންސިލުން ފޯރުކޮށްދޭން ފަށައިފިއެވެ.
ހިތަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝައްމޫން ދަރިވަރު ނޫހަށް ވިދާޅުވީ، ސައިންސް ލެބަށް ބޭނުންވާ ތަކެތި ފޯރުކޮށް ދެނީ ކައުންސިލުން ކަމަށާއި، މަސައްކަތް ކުރަނީ އެ ސްކޫލްގެ މުވައްޒަފުން ކަމަށެވެ.
ޝައްމޫން ވިދާޅުވީ، އަލުން އިމާރާތެއް އަޅައިގެން ސައިންސް ލެބް ހަދާނެ ބަޖެޓެއް ނެތުމުން ސައިންސް ލެބް ހަދަނީ ސްކޫލްގެ ކުލާސް ރޫމެއް އެކަމަށް ހުސްކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ، ލެބަށް ބޭނުންވާ ތަކެއްޗަށް ލައްކައެންހާ ރުފިޔާ ކައުންސިލުން ޚަރަދުކުރަން ނިންމާފައިވާ ކަމަށެވެ.
" އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރެވެން ހުރި މިންވަރުން މި މަސައްކަތް ކުރަމުން މިދަނީ" ޝައްމޫން ވިދާޅުވިއެވެ.
ހިތަދޫ ކައުންސިލުގެ އަމާޒަކީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުން ކުރެވޭ ވަރަށް ލެބްގެ މަސައްކަތް ނިންމާލުމެވެ.
ހިތަދޫ ސްކޫލުގައި 300 އެންހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު