މާލޭގެ ސްކޫލްތަކުގެ ގުރޭޑް 3 އަދި 4ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ " ނެސްލޭ ކިޑްސް ފުޓުބޯލް ފިއެސްޓާ އިއްޔެ ހަވީރު ނިންމާލައިފިއެވެ.
ނެސްލޭ ކިޑްސް ފުޓުބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ
.
މި މުބާރާތުގެ ގްރޭޑް 3 ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިސްކަންދަރު ސްކޫލެވެ. އަދި ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ ރެހެންދި ސްކޫލެވެ.
ގްރޭޑް 4ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ. ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލެވެ.
މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު