"ރިވެލި ތަރި" މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި "ރިވެލި ތަރި" އެވޯޑްގެ ތެރެއިން: މި އެވޯޑް ދެނީ، ނުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދޭން- ފޮޓޯ: މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެމަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

"ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހި ކޮށްދިނުމެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގައެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެއެވެ.

މި މައުރަޒަށް ކުރިމަތިލާނީ "ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ ފޯމުންނެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ mv.gov.gender@disability މެއިލަށެވެ.

"ރިވެލި ތަރި" މައުރަޒަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 30 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *