ގުރޭޑް6ން މަތީގެ ކުލާސްތަކުގެ މެދުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ކެއްކުމުގެ މުބާރާތުން ދަރިވަރުންގެ ހުނަރު އެއް އަހަރުން އަނެއް އަހަރަށް ތަރައްޤީ ވަމުން އަންނަ ކަމަށް އއ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނެފިއެވެ.
މި އަހަރަކީ މި މުބާރާތް ކުރިއަށް ގެންދާތާ ތިން ވަނަ އަހަރެވެ. މި މބާރާތް ބޭއްވީ މިޑްޓާމް ބުރޭކަށް ބަންދު ކުރުމުގެ ކުރިންނެވެ.
ވަކި ތީމެއްގެ ދަށުން ކޮންމެ އަހަރަކު ވެސް މުބާރާތް ކުރިއަށް ގެންދާއިރު، މި އަހަރުގެ ތީމަކަށް ކަނޑައެޅީ "އިންޑިޔަން ފުޑްސް" އެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ރާޝިދާ މޫސާ ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެ މުބާރާތް ބާއްވާތީ ދުރާލާ ކުދިން ތައްޔާރުވާ ކަމަށާއި، މުބާރާތުގެ ފައިދާ އާންމު ދިރިއުޅުމުން ފެންނަކަމަށް ބެލެނިވެރިން ފާހަގަކުރާ ކަމަށެވެ.
" ދުރާލާ ދަރިވަރުން އެ މުބާރާތައް ދަރިވަރުން ތައްޔާރުވެސް ވޭ. އޭގެ ހެޔޮ ނަތީޖާ އަމަލީ ގޭތެރެއިން ފެންނަކަމަށް ބެލެނިވެރިން ފާހަގަކުރޭ. އެއީ މި މުބާރާތް ބޭއްވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ރާޝިދާ ވިދާޅުވިއެވެ.

250 އެންހާ ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލުގައި ކެއްކުމުގެ މުބާރާތް ކުރިއަށްދާއިރު، އެ ދަރިވަރުންނަށް ތީޗަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން ލިބެއެވެ.
advertisment
ހިޔާލު