ފަހި ފުރުޞަތުގެ ނަމުގައި ޤައުމީ ޔުނިވަރސިޓީން އަންނަ މަހު ޖޮބް ފެސްޓިވަލެއް ބާއްވަނީ

ފަހި ފުރުޞަތުގެ ނަމުގައި ޤައުމީ ޔުނިވަރސިޓީން ޖޮބް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި ޖޮބް ފެސްޓިވަލް ބާއްވަނީ އަންނަ މަހުގެ 9ން 10އަށެވެ. ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ، ދެދުވަހުގެ ހަވީރު 04:00 ން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

މާލެ ކެމްޕަސްގެ އިތުރުން އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައިވެސް މިފެސްޓިވަލް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ.

އެމްއެންޔޫއިން ބުނީ، މި ޖޮބް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި، އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ.

ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި،ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން ވެސް މި ފެސްޓިވަލުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި އަހަރުގެ ޖޫން މަހު ބޭއްވި ފެސްޓިވަލުގައި މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 32 ފަރާތަކުން ބައިވެރިވިއެވެ.

ޖޮބްފެސްޓިވަލުގައި ބައިވަރިވާން ބޭނުންވާފަރާތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށައެޅަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *