ރޯޔަލްއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 250 އަލަނާސި ގަސް

ދުނިޔޭގެ ޝެފުންގެ ދުވަހު، ރޯޔަލް އައިލެންޑް ރިސޯޓުން 250 އަލަނާސި ގަސް އޭދަފުށީގައި ހުންނަ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފިއެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީޢު ދަރިވަރު ނޫހަށް ވިދާޅުވީ، ރޯޔަލްއިން ހަދިޔާގެ ގޮތުގައި ދިން އަލަނާސި ގަސް އިންދާ ބަލަހައްޓަން ހަވާލު ކުރީ އެ މަރުކަޒުގެ ތިމާވެށި ކުލަބު " ސޭވް" ގެ ދަރިވަރުންނާ ކަމަށެވެ.

" ކުލަބުގެ ކޮންމެ ކުއްޖަކަށް ގަހެއް ހަދިޔާކުރީ. ހަދިޔާ ކުރުމުގެ ކުރިން ގަސް ބަލަހައްޓަންޖެހޭ ގޮތް ކިޔާދިނީ. ބާކީ ހުރި ގަސްތައް ސްކޫލްގެ ގޯތިތެރޭގެ އެކި ސަރަޙައްދު ތަކުގައި އިންދީ" ރަފީޢު ވިދާޅުވިއެވެ.

" ކުދިން އެ މަސައްކަތް ކުރާ ގޮތް އަޅުގަނޑުމެން ބަލާނަން"

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހަތް ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވައި ދެމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *