ވިލާގައި ހިލޭ އޭލެވެލްއަށް ކިޔެވޭ ގޮތް ހަމަޖައްސައިފި

ވިލާ ހައި ސްކޫލްގައި ހިލޭ ކިޔެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެކަން އެ ސްކޫލަށް އަންގާފައެވެ. ސަރުކާރުން މިގޮތަށް ހަމަޖެއްސީ މި މަހު ފެށި ގުރޭޑް އެގާރައިގެ ބެޗުން ފެށިގެން ކުއްޖަކަށް މަހު ފީއެއްގެ ގޮތުގައި 3600 ރުފިޔާ ނަގަން އެ ސްކޫލުން ނިންމާ އެކަން ތަންފީޒުވެސް ކުރަން ފެށި ފަހުންނެވެ.

ފީ ބޮޑުކުރުމާ ގުޅިގެން ދަރިވަރުން ދައްކަންޖެހޭ އަދަދު ލުއިކޮށް ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އެދުނީ އެ ސްކޫލުންނެވެ.

ވިލާ ހައި ސްކޫލްގައި ކިޔަވާ، އޯ ލެވެލްގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ފީ ގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން އައީ ކޮންމެ ދަރިވަރަކަށް މަހަކު، 1،370ރުފިޔާގެ ދައްކަމުންނެވެ.

އެ ސްކޫލުން ބުނެފައި ވަނީ، މިހާތަނަށް ފީ ދައްކާފައިވާ ދަރިވަރުންނަށް އެ ދަރިވަރުން ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމަށެވެ.

ފަސް މާއްދާއަށްވުރެ ދަށުން ފާސްވެގެން ވިލާ ހައި ސްކޫލްގައި އޭ ލެވެލް ހަދާ ދަރިވަރުންގެ އަތުން ކުރިން ނަގަމުން އައި 2400 ރުފިޔާ މިހާރު ވަނީ 3600 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ވިލާ ހައި ސްކޫލްގައި 900 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *