ދެ ދުވަހަށް ދެމިގެންދާ އެމްއެންޔޫގެ ދަސްވެނިވުން މިއަދު ފަށައިފި

ދެ ދުވަހަށް ދެމިގެންދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދެވެ. މާދަމާގެ ނިޔަލަށް ތިން ދަންފަޅިއަކަށް ކުރިއަށް ގެންދާ ދަސްވެނިވުމުގެ ހަފްލާގައި 344 ދަރިވަރަކަށް ދަސްވެނިވި ކަމުގެ ލިޔުން ހަވާލުކުރާނެއެވެ.

މިއަދު ހެނދު ބޭއްވި ދަންފަޅީގައި ސެޓްފިކެޓު ހަވާލުކުރީ، ފެކަލްޓީ އޮފް އާޓްސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ދަސްވެނިވި ދަރިވަރުންނަށެވެ. ދަސްވެނިވިކަމުގެ ސެޓްފިކެޓް މިރޭ ހަވާލުކުރާނީ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީ އާއި ފެކަލްޓީ އޮފް ނާސިން އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނަށެވެ. ދަސްވެނިވި ކަމުގެ ސެޓްފިކެޓް މާދަމާ ހަވާލުކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ދަރިވަރުންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *