ހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ މިފަހަރު ވެސް ހޯދީ ނޮޅިވަރަމް ސްކޫލުންވެ. މިއީ ޖެހިޖެހިގެން އެ ސްކޫލުން މި މަޤާމް ދިފާއުކުރި ދެވަނަ ފަހަރެވެ.
ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުން ދެވަނަ ހޯދި ވައިކަރަދޫއެވެ. ތިންވަނަ ހޯދި މަކުނުދޫއެވެ.
މުބާރާތުގެ ދެ ގޮފިން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދީ ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ފައިހާ އަބުދުﷲ އަގީލެވެ. ފައިހާ ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަދި ކީ ސްޓޭޖް ހަތަރެއްގެ ބަލައިގެން ކިޔެވުމުން އެއްވަނަ ވެސް ހޯދާފައެވެ.

ދެވަނަ ހާސިލުކުރީ މަކުނުދޫ ސްކޫލްގެ ރާޔާ އަންވަރެވެ. ތިންވަނަ ހޯދީ ނޮޅިވަރަމް ސްކޫލުގެ އަފްނާން އަހުމަދު އަފްރާހެވެ.
12 ރަށެއްގެ ސްކޫލުން ވާދަ ކުރި މި މުބާރާތުގައި 130 ދަރިވަރުން ވާދަކުރިއެވެ. ކީ ސްޓޭޖުތަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި، ނުބަލައި ކިޔުމުގެ ގޮފީގައި 35 ދަރިވަރުން، ބަލައިގެން ކިޔުމުގެ ގޮފީގައި 95 ދަރިވަރުން ބައިވެރިވިއެވެ.
މި މބާރާތުގައި ކުޅުދުއްފުށީގެ ސްކޫލްތަކުން ބައިވެރިނުވެއެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
advertisment
ހިޔާލު