1400 އަށްވުރެ ގިނަ ފޮތާއެކު، އެމްއެންޔޫގެ ފޮތް މައުރަޒު ހުޅުވައިފި

ދިވެހި ލިޔުންތެރިންގެ ލިޔެފައިވާ 1400 އެންހާ ފޮތްތައް ހިމަނައިގެން އެމްއެންޔޫގެ ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.

މި މައުރަޒު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުއެވެ. ފޮތް މައުރަޒު ހުޅުވުމުގެ ކުރިން ދެ ފޮތެއް ވަނީ މިއަދު ނެރެފައެވެ. އެއީ އެމްއެންޔޫގެ "ބުކް ރައިޓީންގ ގްރާންޓްސް" ގެ ދަށުން ނެރުނު ދެ ފޮތެކެވެ. މި ދެ ފޮތް ލިއުއްވީ އެ ޔުނިވަރސިޓީގެ ދަރިވަރުންގެ އަމީން، ލީލާ އަހުމަދެވެ. އެނާ ލިޔުއްވީ، ދެ ފޮތަކީ "ދަރުމަވެރި ރުއް" އަދި " ވެލާ ފިނޮޅު" އެވެ.

މި ފޮތް މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެފައިވާއިރު، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މައުރަޒު ކުރިއަށް ދާނެއެވެ. ހުޅުވިފައި ހުންނާނީ ހެނދުނު 10ން ރޭގަނޑު 10އަށެވެ.

އެމްއެންޔޫއިން ބުނީ، މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ، ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި، ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުމުގެ އިތުރުން ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *