ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި 12 ކުލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ހަމަދު ސްކޫލުގެ 12 ކުލާސްރޫމް ހިމެނޭ އިމާރާތުގެ ބީލަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 2022 ނޮވެންބަރު 6 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 2022 ނޮވެންބަރު 7 ވާ ހޯމަ ދުވަހުގެ 13:00:00 ގައެވެ. ބިޑްސެކިޔުރިޓީއަކީ 70،000 ރުފިޔާއެވެ.
advertisment
ހިޔާލު