ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށް، އަންނަ ހަފްތާ ބަންދު

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށް ސްކޫލްތައް އަންނަ ހަފުތާ ބަންދު ވާނެއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މެދު ޗުއްޓީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފައްޗާ ހަމައަށް ކުރިއަށް ދާނެއެވެ. ސްކޫލްތައް ދެން ހުޅުވާނީ މިމަހުގެ ސޯޅަ ވާ އާދީއްތަ ދުވަހުއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަންނަ ނޮވެމްވަރު މަހުގެ 13އިން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޓެސްޓް ކުރިއަށްދާނެއެވެ. ގުރޭޑް ން ފެށިގެން ނުވައެއްގެ ދަރިވަރުންގެ ޓެސްޓް ކުރިއަށް ގެންދާނީ 27 ނޮވެންބަރުން 15 ޑިސެމްބަރަށެވެ. ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 92 ދުވަހުގެ ކިޔެވުމުގައި ހޭދަކުރުމަށްފަހު، 25 ޑިސެމްބަރުން ފެށުގެން ޖެނުއަރީ 5 އާ ހަމައަށް ހުރިހާ ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނެއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ 8 ޖެނުއަރީ 2023ގައެވެ. ދެވަނަ ޓާމުގައި 111 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *