މުދައްރިސުންގެ ދުވަހުގެ ޙަރަކާތްތައް ސްކޫލްތަކުން ފަށައިފި

އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހެވެ. އެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތައްކެ ދުރާލާ ސްކޫލްތަކުން ފަށައިފިއެވެ. ބައެއް ސްކޫލްތަކުން މި ދުވަސް ފާހަގަކުރަނީ ހަފްތާއަކަށް ދިގުދެމިގެންދާ ހަރަކާތްތަކަކުންނެވެ.

މުދައްރިސުންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ޖަމާލުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތުގެ ތެރެއިން: ގިނަ މުދައްރިސުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައި- ފޮޓޯ: ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލުން ވަނީ މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފަށާފައެވެ. ދުވަހުގެ ހަރަކާތްތައް އެ ސްކޫލުން ފެށީ " ކޮފީ ޓީޗް ރިޕީޓް" ގެ ނަމުގައެވެ. މުދައްރިސުންނަށް ޚާއްޞަ ކޮށްގެން ގިނަ މުބާރާތްތަކެއް އެ ސްކޫލުން ކުރިއަށް ގެންދެއެވެ. އެ ސްކޫލުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި އަދަބީ ކަންތައްތަކާއި ކުޅިވަރުގެ ޙަރަކާތްތައް ހިމެނެއެވެ.

އަތުލިޔުމާއި އާންމު މަޢުލޫމާތާއި އާޓާއި މަދަހަ ހުށަހެޅުން ފަދަ މުބާރާތްތައް ޖަމާލުއްދީން ސްކޫލުން ކުރިއަށް ގެންދިޔައެވެ. ކުޅިވަރުގެ ޙަރަކާތްތަކުގެ ގޮތުގައި ކެރަމާއި ބެޑްމިންޓަން ފަދަ މުބާރާތްތައް ހިމެނެއެވެ.

އިމާދުއްދީން ސްކޫލުން ވެސް ވަނީ އެ ސްކޫލުގެ މުދައްރިސުންނަށް ކުޅިވަރުގެ ޚާއްޞަ ޙަރަކާތްތަކެއް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ލީޑިންގ ޓީޗަރުންނަށް ސަޕްރައިޒް ޕާޓީއެއް ވަނީ އެ ސްކޫލުން ބާއްވާފައެވެ.

ރެހެންދި ސްކޫލުން ވެސް ވަނީ މުދައްރިސުންގެ ދުވަހުގެ ޙަރަކާތްތައް އިއްޔެ ފަށާފައެވެ. ކަލާފާނު ސްކޫލުން ވެސް މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކޮންމެ މުދައްރިސަކަށް ވަނީ ޚާއްޞަ ކާޑެއް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *