ވިލާގައި އިންޓަރނޭޝަނަލް ހައި ސްކޫލްގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުންދޭ އަދަދު ބޮޑުކުރަން މަޝްވަރާ ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު، ވީލާ ހައި ސްކޫލްގެ ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް އެ ސްކޫލުން ދަނީ އޭ ލެވެލްއަށް ކިޔަވާ ކޮންމެ ކުއްޖެއްގެ ބޮލަކަށް ނަގަމުން އައި 2400 ރުފިޔާ 3600 ރުފިޔާއަށް ބޮޑުކޮށްފައެވެ. ފަސް މާއްދާއިން ފާސްވެ، އޭލެވެލަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ފެތޭ، ވިލާގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން އަންނަނީ ކޮންމެ މަހަކު ބޮލަކަށް 1،370ރުފިޔާ ދެމުންނެވެ.
ވިލާއިން ވަނީ ސަރުކާރުން ދޭ އަދަދު ބޮޑުކޮށްދޭން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށް ހައްލެއް ހޯދަން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އަންގާފައިވާ ކަމަށާއި، އެ މަޝްވަރާ ކުރިއަށްދާ ކަމަށެވެ.
ވިލާއިން ބުނީ، ސަރުކާރުން ދޭ އަދަދު ބޮޑުކޮށްދޭން އެދުނީ ބެލެނިވެރިންގެ އަތުން ދައްކަންޖެހޭ އަދަދަށް ލުޔެއް ހޯދުމުގެ ގޮތުން ކަމަށެވެ.
މާލެ ހިމެނޭ ސަރަހައްދުގައި އޭލެވެލްއަށް ކިޔަވަމުން ގެންދަނީ ސީއެޗްއެސްއީގެ އިތުރުން ވިލާއާއި އަހުމަދިއްޔާއިންނެވެ.
advertisment
ހިޔާލު