މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ތޮއްޑޫ ސްކޫލްގެ މީޑިއާ ކުލަބުގެ ދަރުވަރުންނަށް މީޑިއާއާ ގުޅޭ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެ ސްކޫލްގެ އަހަރީ ދުވަހު ނެރެން ތައްޔާރުވަމުން އަންނަ އެ ސްކޫލްގެ ވެބްސައިޓަށް ބޭނުންވާ ޚަބަރާއި ލިޔުންތައް ތައްޔާރުކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި މައުލޫމާތު ދިނީ އެމްޖޭއޭގެ ސެކެޓްރީ ޖެނެރަލް އަހުމަދު ނާއިފާއި އެކްޒެކެޓިވް މެންބަރ އާސިމާ ނިޒާރެވެ.

ތޮއްޑޫ ސްކޫލްގެ ލީޑިންގ ޓީޗަރު މަރިޔަމް ލިއުޝާ ވިދާޅުވީ، އެ ސްކޫލްގެ މީޑީއާ ކުލަބުގެ 42 ދަރިވަރުން، ދެގަޑިއިރާއި ބައިގެ ސެޝަންގައި ބައިވެރިވިކަމަށެވެ.
" ކުދިން ވަރަށް ގަޔާވެގެން ބައިވެރިވީ ވެސް. ސެޝަން ކުރިއަށް ގެންދިޔައީ ވެސް ކުދިން ޝަޢުޤުވެރިކަން އިތުރުވާގޮތަށް. " ލިއުޝާ ވިދާޅުވިއެވެ.

" ކުދިންނަށް ޚަބަރު ލިޔާނެ ގޮތާއި ޚަބަރު ހޯދާނެ ގޮތުގެ ބިންގާ އެޅިގެން މިދިޔައީ. ދެން އޮތީ އެކުދިން ލައްވައި އަމަލީ ގޮތުން މަސައްކަތް ކުރިއަށް ގެންދިއުން"
400 އެންހާ ދަރިވަރުން ކިޔަވަމުން އަންނަ ތޮއްޑޫ ސްކޫލަކީ މީޑިއާ ކުލަބު ހިންގާ މަދު ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލެވެ.
advertisment
ހިޔާލު