ވިޔަވަތި ޤުރުއާން މުބާރާތުގެ އެއްވަނަ މިލަންދޫ ސްކޫލަށް

ށ. އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ވިޔަވަތި ޤުރުއާން މުބާރާތުގެ އެއްވަނަ ސްކޫލްގެ މަޤާމް މިލަންދޫ ސްކޫލް ހޯދައިފިއެވެ. މިއީ އެ ސްކޫލުން މި މުބާރާތް ކާމިޔާބު ކުރި 14 ވަނަ އަހަރެވެ.

މި މުބާރާތުގައި ބައިވެރިވި އެ ސްކޫލުގެ ސާދަ ދަރިވަރުންނަށް ވެސް އެކި ވަނަތައް ލިބިފައިވެއެވެ. މި މުބާރާތުން އެންމެ މޮޅު ދެވަނަ ސްކޫލަކަށް ފުނަދޫ ސްކޫލް ހޮވުނުއިރު، ތިންވަނަ ސްކޫލަކަށް ހޮވުނީ ފޯކައިދޫ ސްކޫލެވެ.

ވިޔަވަތި ޤުރުއާން މުބާރާތުގެ ދެ ގޮފީގެ ވަނަތަކަށް ހޮވުނު ދަރިވަރުން

  • ބަލައިގެން ކިޔެވުމުން އެއްވަނަ އާމިނަތު ރައިޝާ ރަޝީދު މިލަންދޫ ސްކޫލް
  • ބަލައިގެން ކިޔެވުމުން ދެވަނަ މުހައްމަދު ރާއިން ރަފީޢު ފޯކައިދޫ ސްކޫލް
  • ބަލައިގެން ކިޔެވުމުން ތިން ވަނަ އައިމިނަތު ސިޒާ މުޙައްމަދު މިލަންދޫ ސްކޫލް
  • ނުބަލައި ކިޔެވުމުން އެއް ވަނަ އާއިޝަތު ޝަބާ މިލަންދޫ ސްކޫލް
  • ނުބަލައި ކިޔެވުމުން ދެ ވަނަ އާއިޝަތު ޝުރުފާ ޝަފާޛު
  • ނުބަލައި ކިޔެވުމުން ތިން ވަނަ އައިޝަތު ރައުފާ އިސްމާއިލް މިލަންދޫ ސްކޫލް

ވިޔަވަތި ޤުރުއާން މުބާރާތުގައި 85 ދަރިވަރުން، އެ އަތޮޅުގެ ދިހަ ސްކޫލަކުން ބައިވެރިވިއެވެ. މި މުބާރާތުގެ އެންމެ މޮޅު 30 ދަރިވަރުން ޤައުމީ ޤުރުއާން މުބާރާތަށް ވަނީ ހޮވިފައެވެ. އެއީ ޖޫނިއާ އާއި ސީނިޔާ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން 15 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *