އާލާ: ތާޖުއްދީނުގެ އެންމެ މޮޅު ދަރިވަރު

ޖާޖުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާލާ އާދިލް ހޮވައިފިއެވެ. އާލާ ވަނީ 2020/2021 ވަނަ އަހަރު ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.

އާލާއަކީ 2019 ވަނަ އަހަރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނެވެ. 2020/2021 ވަނަ އަހަރުގެ ކެޕްޓަނެވެ.

އެއްވަނައަށް ދިޔަ އާލާ، ޖަލްސާގައި ވާހަކަ ދައްކަނީ: ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ދެވަނަ ދަރިވަރަކަށް ހޮވުނީ، ޔަސްމިން މުޙައްމަދު މުއިއްޒުއެވެ. ޔަސްމިންއަކީ 2020/2021 ވަނަ އަހަރު ސާނަވީ އިމްތިޙާނުގައި އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައި އެ ސްކޫލުން ހިމެނުނު ހަމައެކަނި ދަރިވަރެވެ. ޔަސްމިން ވަނީ 2020 ވަނަ އަހަރުގެ ތާޖުއްދީނުގެ ޑެޕިއުޓީ ކެޕްޓަންގެ ޒިންމާ އަދާކޮށްފައެވެ.

ތިންވަނަ ދަރިވަރަކަށް ހޮވުނީ، ޒަހާ ހުސައިން ރަޝީދެވެ. ޒަހާވަނީ ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައި، އަދި ދިވެހި މާއްދާއިން މުޅިރާއްޖެއިން އެއްވަނަ ހޯދާފައެވެ.

ފާއިތުވި އަހަރު، ތާޖުއްދީން ސްކޫލްގެ އެންމެ މޮޅު ތިން ދަރުވަރުން، ޔަސްމިން، އާލާ، ޒަހާ (ކވ) އޭގެ އިތުރުން އެޑިޔުކޭޥޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ވެމްކޯގެ މޭނޭޖިންގ ޑިރެކްޓަރު ޔޫސުފު ސިރާޖު- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އާލާ ބުނީ، ތާޖުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާއެއްގައި ބައިވެރިވި ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ހިތުގައި ނުގުޑާފަދަ އަޒުމެއް އޮތް ކަމަށެވެ.

" އެރޭ އިނާމް ހިފައިގެން ސްޓޭޖުން ފައިބައިގެން ދިޔަ މަންޒަރު ފެނުމުން އަޅުގަނޑުވެސް ހުވަފެނެއް ދެކެން ފެށިން. މިއީ އަޅުގަނޑު ބަލަމުން އައި ކަޅާ ހުދުގެ ހުވަފެނުގައި ކުލަޖެހުނު ރޭ " އެންމެ މޮޅު ދަރިވަރުގެ ގޮތުން ރޭ ވާހަކަ ދައްކަމުން އާލާ ބުންޏެވެ.

2020/2021 ވަނަ އަހަރު ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ތާޖުއްދީން ސްކޫލްގެ 20 ދަރިވަރަކު ހިމެނިފައިވެއެވެ. ފަސް މާއްދާޢިން ފާސްވި ނިސްބަތް 78 އިންސައްތައިގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *