އަބޫބަކުރު ސްކޫލްގައި އިންކުލޫސިވް ސަޕޯޓް ޔުނިޓެއް ގާއިމް ކުރަނީ

އަބޫބަކުރު ސްކޫލްގައި އިންކުލޫސިވް ސަޕޯޓް ޔުނިޓެއް ގާއިމް ކުރަން ފައިމީއާ ހަވާލުކޮށްފިއެވެ.
އިންޑިޔާ ސަރުކާރުގެ 1.6 މިލިއަން ރުފިޔާގެ އެހީގެ ދަށުން މި ޔުނިޓްގެ ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އަޖީބެވެ. ފައިމީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަތުހު ﷲ އާދަމެވެ.
90 ދުވަހުގެ ތެރޭގައި ތަނުގެ އިންފްރާސްޓްރަކްޗަރ ނިންމަންޖެހެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަދާ މި ޔުނިޓްގައި ކިޔަވައިދޭން ފަށާއިރު، ވަޞީލަތްތަކާއި މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އިންޑިޔާގެ އެހީގެ ދަށުން މިފަދަ ޔުނިޓްތަކެއް ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީނާއި ފުވައްމުލަކުގައި ހުންނަ ހާފިޒު އަހުމަދު ސްކޫލްގައި ވަނި ގާއިމްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *