ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި އެ ސިނާއަތުގައި ހުރި ވަޒީފާތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ޚާއްޞަ ފޮތެއް ނެރެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކުރި މި ފޮތް ނެރެދެއްވީ ހައުސިންއެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުޙައްމަދު އަސްލަމެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ، މި ފޮތަކީ 12 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ނެރުނު މި ފޮތަކީ، ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުޞަތު ފޯރުކޮށްދީ ހޭލުންތެރި ކުރުމަށް ނެރުނު ފޮތެއް ކަމަށެވެ.
މި ފޮތުގައި ބުނެފައިވާ ގޮތުން ކަނޑުމަތީގައި ކުރާ މަސައްކަތަށް، ކުރާ މަސައްކަތާ އެކަށީގެންވާ ބޮޑު އުޖޫރައެއް ލިބެއެވެ. އުޅަނދުތަކުގައި މަސައްކަތް ކުރާއިރު، އިތުރު ޚަރަދުތަކެއް ކުރަންނުޖެހި ލިބޭ މުސާރަ ރައްކާކުރެވުމާއި، ޒުވާން ދުވަސްވަރު ކެރިއަރއެއް ފެށުމާއި، މުސްތަޤުބަލުގައި ކަންކަމަށް އިސްވެސްޓް ކުރާނެ ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިވެއެވެ. ކަނޑު ކަނޑު މަތީގައި ވަޒީފާ އަދާކުރާ މީހުން އާންމުކޮށް ހަ މަސްދުވަހު ވަޒީފާއަދާކޮށް ނިންމާފައި، އެއްމަހާއި ތިންމަހާ ދެމެދުގެ ޗުއްޓީއެއް ދޭ ކަމަށް މި ފޮތުގައި ބުނެފައިވެއެވެ.
ސަލަމާތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކާއި ލައިފްޖެކެޓް އެޅުމާއި، އުޅަނދު ފަހަރު ކަނޑަށް ނުކުތުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ވެސް މި ފޮތުގައި ހިމަނާފައިވެއެވެ. ބޯޓްގައި ތިއްބާ ހާލުގައިޖެހިއްޖެނަމަ ހަދަންވީ ގޮތާޢި ބޯޓް އަޑިއަށް ގޮސްފިނަމަ ހަދަންވީގޮތާއި، ދަތުރުކުރާ އުޅަނދަކީ ރައްކާތެރި އުޅަނދެއްތޯ ބަލާނެ ގޮތް ވެސް މި ފޮތުގައި ގެނެސްދީފައިވެއެވެ.
އާގު ބޯޓްފަހަރުގެ ކެޕްޓަނުންނާއި މާސްޓަރުންގެ މަސައްކަތްތަކާއި އެފަދަ މީހަކަށް ވުމަށް ހޯދަންޖެހޭ ތައުލީމާއި ތަމްރީނުތަކުގެ މައުލޫމާތުވެސް މި ފޮތުގައި ހިމަނާފައިވެއެވެ.
ބޮޑެތި އާގު ބޯޓްފަހަރުތަކުގައި މަސައްކަތް ކުރާ ކެޕްޓަނުންނަށް ގަޑިއަކަށް 20-24 ދެމެދުގެ އެމެރިކާ ޑޮލަރު ލިބޭ ކަމަށާއި، ތެޔޮ ޓޭންކަރުތަކުގެ ނުވަތަ ޕެސެންޖަރ ޝިޕް ތަކުގެ ކެޕްޓަނުންނަށް އަހަރަކަށް އެއްލައްކަ ޑޮލަރުގެ މުސާރައެއް ލިބޭ ކަމަށް ބުނެފައިވެއެވެ. ބޯޓުދަތުރުކުރާ އެންމެ ދަށްވަޒީފާގައި އުޅޭ އޭބަލް ސީމަނަކަށް މަހަކު 885,9 ރުފިޔާ މަދުވެގެން ލިބޭނެއެވެ. އޭބަލް ސީމަނަކީ އޮފިސަރ ރޭންކުގެ ވަޒީފާއެއް ނޫނެވެ. މި ވަޒީފާއަށް ދިއުމަށް މާ ބޮޑު ކިޔެވުމެއް ނުކިޔެވިއަސް ކުރު 4 ކޯސް ގިނަވެގެން 3 ހަފުތާގެ ތެރޭގައި ފުރިހަމަކޮށް ބޯޓުފަހަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭ ކަމަށް ވެސް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ނެރުނު ފޮތުގައި ބުނެފައިވެއެވެ.
ބޯޓް ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހުންގެ އިންޓަވިއުއެއް ވެސް މި ފޮތުގައި ހިމަނާފައިވެއެވެ.
advertisment
ހިޔާލު