ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް ހިންގަން މެދުރި ޕްރައިވެޓް ލިމިޓެޑަށް

ކުޅުދުއްފުށީގައި ކުރިން ހިންގަމުންއއި އަމީރު އަމީން ޕްރީ ސްކޫލް ޕްލޭ ސްކޫލެއްގެ ގޮތުގައި އަލުން ހިންގަން މެދުރި ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެ ސްކޫލް ހިންގަން މެދުރި ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކޮވިޑް19އާ ގުޅިގެން ކިވެމުން މެދުކެނޑުނު ގޮތަށް އެ ސްކޫލްގެ ކިޔެވުން ކުރިއަށް ނުގެންދެވުނީ، މާލީ ދަތިތަކާހުރެއެވެ. އެހެންވެ އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރިއެވެ.

މެދުރިއާ އެ ސްކޫލް ހަވާލުކުރީ ވިހި އަހަރު ދުވަހަށެވެ.

އެ ސްކޫލް ބަންދުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އޭރު 350 ދަރިވަރުން ކިޔަވަމުން ގެންދިޔައެވެ. ނަމަވެސް ކޮވިޑް19އާ ގުޅިގެން 130 ދަރިވަރުން ވަކިވާން އެދުނު ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މި ދަރިވަރުނަށް ކިޔަވައިދިނުމަށް 14 މުވައްޒަފުން މަސައްކަތް ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *