ގައުމުތައް ކުރިއަރާ ތަހުޒީބު ވެފައިވަނީ ތައުލީމަށް އިސްކަންދީގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިހާރު ބެންގަލޫރުގައި ކުރިއަށްދާ އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް(އެސެސް)ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެވޭ ތައުލީމަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ގުޅުންހުރި ތަޖުރިބާތަކަށް ހެދުން ވަރަށް މުހިއްމު ކަމަށެވެ. 21 ވަނަ ގަރުނުގެ ހުނަރުތަކަށް ސަމާލުކަން ދެއްވުމާއި ބަނަވަމުންދާ ދުނިޔޭގައި އެހުނަރުތައް ތަރައްގީކުރުމުގެ މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ސަމިޓުގައި މިނިސްޓަރ ވަނީ ސަރުކާރުން އަތޮޅުތެރެއަށް ޓިވެޓް ފެތުރުމަށް ރާވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އޭހެ ތެރޭގައި ޓެކްނޮލޮޖީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި އެވެ.
އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް(އެސެސް) ކުރިއަށްދާނީ މިމަހުގެ 19 އިން 21 އަށެވެ.
advertisment
ހިޔާލު