ސަނަދުވެރިޔަކަށް ވުމުގެ ބަދަލުގައި ވާންވީ އިލްމުވެރިޔަކަށް: މިނިސްޓަރ

ކޮލިފިކޭޝަން ހޯލްޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އިލްމުވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އިލްތިމާސްކުރައްވައިފި އެވެ.
ރޭ ވިލާކޮލެޖުގައި އޮތް ދަސްވެނިމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަސްވެނިންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ ގައުމު ބިނާ ކުރުމުގައި ކޮންމެ ދަސްވެނިއެއްގެ ވެސް ބޮޑު ޒިންމާއެއް އޮތްކަމަށެވެ.
ދަސްވެރިންގެ އަޒުމަކަށް ވާންވާނީ އިލްމީގޮތުން މީހުންގެ އިހުތިރާމް ލިބިގެންވާ ބަޔަކަށްވޭތޯ މަސައްކަތް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް ތިޔަ ހުރިހާ ދަސްވެނިން އަޒުމް ކަނޑައަޅަންވާނެ. މިވާހަކައަކީ މިރޭ މިތަނުގައި ދަސްވެނިވާ ދަރިވަރުންގެ އިތުރުން ވިލާ ކޮލެޖުގައި ވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖެއް." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ތައުލީމީ ޖީލެއް ބިނާ ކުރުމަށްޓަކައި މިސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ހޭދަނުކުރާ މިންވަރަށް މަތީތައުލީމާއި ތަމްރީނަށް މިސަރުކާރުން ދަނީ ހޭދަކުރަމުން ކަމަށެވެ.
ވިލާ ކޮލެޖަކީ އަބަދުވެސް ތައުލީމުގެ ކޮލެޓީ ހިފަހައްޓަން މަސައްކަތްކުރާ ކޮލެޖެއް ކަމަށަށާއި އެ ކޮލެޖަކީ ތައުލީމު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކޮލެޖުތަކުގެ ތެރެއިން ފުންނާބު އުސް އެއް ކޮލެޖުކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށްޓަކައި ވިލާ ކޮލާ ކޮލެޖްގެ ފައުޑަރ ގާސިމް އިބްރާހިމަށް ރާއްޖޭޭގައި ތައުލީމް ކުރިއެރުއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނަށް މިނިސްޓަރ ޝުކުރު ދެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ ވިލާ ކޮލެޖުގެ ބާނީއަށް ލިބިނުލެއްވި ތައުލީމު އެހެން ފަރާތްތަކަށް ހޯއްދަވައިދެއްވުން އެއީ އެމަނިކުފާނު ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށް ކުރައްވާ ވަރަށް ބުރަ މަސައްކަތެއްކަމަށާއި އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
"ވިލާ ކޮލެޖަކީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިއެއްގެ ހުވަފެނެއް. އެހެންވީމާ އެބޭފުޅާއަށް ލިބިވަޑައިގެން ނުގައިން ކާމިޔާބީތަށް އެހެންބޭފުޅުންނަށް ހޯދައިދިނުމަށްޓަކައި ދެކިވެޑައިގެން ހުވަފެންފުޅެއްގެ ހަގީގަތް ވިލާ ކޮލެޖަކީ. އެހެންކަމުން އަޅުގަނޑު ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހިމް، ރާއްޖޭގެ ތައުލީމް ކުރިއެރުއްވުމަށް ކުރި ދީލަތި ހޭދައަށް ޝުކުރު ދަންނަވަން. " މިނިސްޓަރ ވިދާޅުވި އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *