ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހއ. މާރަންދޫ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން އިހަވަންދޫ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.
މި ދަތުރުގެ ތެރެއިން އެ ސްކޫލުން ވަނީ އިހަވަންދޫ ސްކޫލްގެ ޓީޗަރުންނާއެކު ޕީޑީ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އ
އެއް ދުވަހުގެ މި ދަތުރުގައި މާރަންދޫ ސްކޫލުން ބައިވެރިވި ޓީޗަރުންނާއި ސްޓާފުންގެ އަދަދު 35އަރައެވެ.
މާރަންދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މަޖީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އިހަވަންދޫ ސްކޫލާއެކު ކުރިއަށް ގެންދިޔަ ޕީޑީ ސެޝަންތަކުގެ ފައިދާ އެ ސްކޫލްގެ ޓީޗަރުންނަށް ކުރާނެ ކަމަށާއި، މިފަދަ ދަތުރުގެ ސަބަބުން އެ ސްކޫލްގެ ހިންގުމަށާއި ކިޔަވައިދިނުމަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

" ތީޗަރުން ބައިވެރިމިބީ ޕީޑީ ސެޝަންތަކުގައި، އެޑްމިން ސްޓާފުން ތަޖުރިބާ ހޯދީ، އިހަވަންދޫ ސްކޫލްގެ އެޑްމިން މުވައްޒަފުންގެ ފަރާތުން. މީގެ ފައިދާ ދެ ފަރާތަށް އެބަކުރޭ" މަޖީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިންވެސް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި 2011 ވަނަ އަހަރު އުތީމަށް ދިޔަކަމަށެވެ.
" ޓީޗަރުންނާއި އެޑްމިން ސްޓާފުންނަށް މިފަދަ ދަތުރުން ތަފާތު ތަޖުރިބާތައް ކުރެވި ރަނގަޚުކުރަންޖެހޭ ކަންތައްތައް ދެނެގަނެވޭ. އަދި އިތުރަށް ކުރިއަށް ގެންދާނެ ކަންތައްތަކަށް ފޯކަސް ކުރެވޭ" މަޖީދު ވިދާޅުވިއެވެ.
މާރަންދު ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް 196 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު