އައިޔޫއެމްގެ ބައިނަލްއަޤުވާމީ މަހާސިންތާ ފަށައިފި

އައިޔޫއެމްގެ ބައިނަލްއަޤުވާމީ މަހާސިންތާގައި ބައިވެރިވާ ބޭރުގެ ތަޖުރިބާކާރަކު ވާހަކަ ދައްކަވަނީ: ބޭރުގެ ތަޖުރިބާކާރުންގެ 12 ބޭފުޅަކު މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ- ފޮޓޯ: އައިޔޫއެމް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ބައިނަލްއަޤުވާމީ މަހާސިންތާ މިއަދު ފަށައިފިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" މަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސޓަރު، މުހައްމަދު އަސްލަމެވެ.

މި މަހާސިންތާގައި ރާއްޖޭގެ 218 ބޭފުޅުންނާއި ރާއްޖެއިން ބޭރުގެ 12 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ތިން ބޭފުޅަކު ވަނީ މިއަދު ވާހަކަ ދައްކަވާފައެވެ.

އައިއޔޫއެމްއިން ބުނީ، މި މަހާސިންތާއަށް ހަތަރު ދާއިރާއަކުން 48 ދިރާސާ ހުށަހަޅާނެ ކަމަށެވެ.

ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި، ސޯޝަލް ސައިންސާއި، އިންސާނުންނާއި ތަޢުލީމުގެ ދާއިރާއާއި ޤުރުއާނާއި ބެހޭ ޢިލްމާއި، ޝަރީޢާ އެންޑް ލޯއަށް ޚާއްސަ ދާއިރާއަކާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެކައުންޓިންއާއި ބެންކިންގާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ.

މިއީ އެ ޔުނިވަރސިޓީން ބާއްވާ މިފަދަ ހަތްވަނަ ފަހަރެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *