މޭނާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން: ސާނަވީން، ޝިމްހާއާއި ރަހާ، މަތީ ސާނަވީން، ރަޒީންއާއި ޝިބާ

ހޮޅުދޫގައި ހުންނަ މޭނާ ސްކޫލްގެ ފާއިތުވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. އެ ސްކޫލްގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ރަޝީދެވެ.

2019 ވަނަ އަހަރު، ސާނަވީން އެންމެ މޮޅު ދަރިވަރަކީ، ފާތިމަތު ރަހާ ޒުހުރީއެވެ. ރަހާއަކީ ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން ސައިންސް ކުލަބުގެ ޕްރެޒިޑެންޓެވެ. ޤައުމީ ސާނަވީގެ ގަދަ ދިހައެއްގެ އަށްވަނަ ހޯދާފައި ވަނީ ދެ އޭ ސްޓާ، ފަސް އޭ އާއި އެއް ބީ ހޯދައިގެންނެވެ. ރަހާ ވަނީ ޓޮޕްއެޗީވާސްގެ ދެވަނަ އެ ސްކޫލުން ހޯދާއެވެ. މިހާރު ގުރޭޑް 12 ގައި ކިޔަވަމުންދާ ރަހާ އަކީ އެ ސްކޫލްގެ މިހާރުގެ ކެޕްޓަން ވެސް މެއެވެ. ރަހާ ވަނީ ގާލްގައިޑުންގެ ތެރެއިން ކިޔެވުމަށް އެންމެ މޮޅު ދަރިވަރުގެ މަގާމް ވެސް ހޯދާފައެވެ.

2019 ވަނަ އަހަރު، މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދީ، އާމިނަތު ސިބާ އަޙްމަދެވެ. ޓޮޕްއެޗީވާސްގެ ގޮތުގައި ސްކޫލުން ހަތަރުވަނަ ހޯދާފައިވާއިރު، ގައުމީ ގަދަ ދިހައެއްގެ ހަތްވަނަ ހޯދީ، ދެ އޭ ސްޓާއާއި އެއް އޭއާއި އެއްބީގެ އިތުރުން އެއް ސީ ހޯދައިގެންނެވެ. ސިބާ ދަނީ ޤައުމީ ޔުނިވަރސިޓީން އެމްބީބީއެސްއަށް ކިޔަވަމުންނެވެ.

2020/2021 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކީ މަރިޔަމް ސިމްހާއެވެ. ސިމްހާ ވަނީ އޯލެވެލްގެ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން ބިޒްނަސް ކުލަބުގެ ޕްރެޒިންޑްގެ ޒިންމާ އަދާކޮށްފައިއެވެ. ސިމްހާ ވަނީ ޓޮޕް އެޗީވާސްގެ ގޮތުގައި އެ ސްކޫލުން ދެވަނަ ވެސް ހޯދާފައެވެ. މިހާރު ގުރޭޑް 11ގައި ކިޔަވަމުންދާއިރު، އޭނާ އަކީ ހިއުމަންރައިޓްސް ކުލަބުގެ ޕްރެޒިޑެންޓްގެ އިތުރުން ސީނިއާ ޕްރިފެކްޓެކެވެ.

2020/2021 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ އިބްރާހިމް ރަޒީނެވެ. ޑެޕިއުޓީ ކެޕްޓަނެއްގެ ޒިންމާ އަދާކުރި ރަޒީން ވަނީ، ގައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. މަތީ ސާނަވީ އިމްތިޙާނުން ތިން އޭ ސްޓަރ އާއި ދެ އޭ ހޯދިއެވެ. ރަޒީން ވަނީ ބިޒްނަސްއިން މުޅި ދުނިޔެއިން ދެވަނަ، އަދި އިސްލާމުން މުޅި ރާއްޖެއިން އެއްވަނަ ހޯދިއެވެ. ރަޒީން ދަނީ، އެކައުންޓް އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސްއަށް ކިޔަވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *