ސްކޫލްތަކަށް އަލަށް ވަޑައިގެންނެވި ޕްރިންސިޕަލުންނަށް ތަޢުލީމީ ދާއިރާއަށް އަހުލުވެރިކުރުވަން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިފަހަރު 15 ބޭފުޚަކު ބައިވެރިވެވަޑައިގަންނަވައެވެ. މި ބޭފުޅުންގެ ތެރޭގައި ޕްރިންސިޕަލުންނާއި ސްކޫލުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
މިއީ ކޮންމެ އަހަރަކުވެސް އެ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަންނަ ހޯމަދުވަހާ ހަމައަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.
ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް އެ މިނިސްޓްރީން ކުރިއަށް އެބަގެންދެއެވެ. އަދި މައުލޫމާތާއި ހުނަރު ތަރައްޤީ ކުރުމަށް ރާއްޖެއިން ބޭރުން ވެސް ގިނަ ފުރުޞަތު ތަކެއް ވަނީ ފަހިކޮށްދެއްވާފައެވެ. ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޕްރިންސިޕަލުން ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕްރިންސިޕަލުން ތަމްރީނު ކުރުމާއި، މިހާރު ތިއްބެވި ޕްރިންސިޕަލުން މެލޭޝިޔާގައި ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިހާރުވެސް ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު