ހުރާ ސްކޫލްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ "މުވައްޒަފުންނާއި އެކު" ޕްރޮގްރާމުގެ ދެވަނަ ހަރަކާތް ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދެވަނަ ޙަރަކާތް " ހިތުން ހިތަށް" ކުރިއަށް ގެންދިޔައީ މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް އެކަކު އަނެކަކާ މެދު ދެކޭގޮތް ޚިއްސާ ކުރުމަށެވެ. މި ޙަރަކާތުގައި އެ ސްކޫލުގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފެށީ ފާއިތުވި ރަމަޟާން މަހުގެ ތެރޭގައެވެ.
ހުރާ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ވިދާޅުވީ، ދެވަނަ ހަރަކާތް ފެށީ ކޮންމެ ދެ މުވައްޒަފަކީ ޓީމެއްގެ ގޮތުގައި ބަހާލައިގެން ކޮންމެ ޓީމެއްގެ ބައިވެރިއަކު، އެޓީމުގެ އަނެއް ބައިވެރިޔާއާ މެދު ދެކޭގޮތް ހާމަކުރާ ކާޑެއް ހަދިޔާކުރުމުންނެވެ. އަދި އެކާޑާއެކު ފިނިފެންމަލަކާއި ޗޮކްލެޓެއް ވަނީ ހަދިޔާ ކޮށްފައެވެ.
" ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފެއްގެ ޓީމުގެ އަނެއް ބައިވެޔާއާމެދު ދެކޭގޮތް ކާޑުތަކުގައި ލިޔެފައި ވަނީ، މީގެ ސަބަބުން ކުރިން ފާހަގަ ނުކުރެވޭ އެތައް ކަމެއް ފާހަގަވުމުގެ ފުރުޞަތު ލިބިގެންދޭ" އަރީޝާ ވިދާޅުވިއެވެ.

ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، މިފަދަ ހަރަކާތް ކުރިއަށް ގެންދަނީ ޓީޗަރުންގެ ބުރަ މަސައްކަތުގެ ތެރެއިން ހިތްހަމަޖެހިލާނެ ވަގުތުކޮޅެއް ޚާއްޞަ ކުރުމުގެ ގޮތުން ކަމަށް ވެސް ހުރާ ސްކޫލުން ބުނެއެވެ.
އޭނާ ވިދާޅުވީ، އެ ޕްރޮގްރާމުގެ ފައިދާ އެ ސްކޫލަށް ކުރާ ކަމަށާއި، ހުރިހާ މުވައްޒަފުން މަސައްކަތް ކުރަނީ އެއް ރޫހެއްގައި ކަމަށެވެ.
" އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އަލާވެ، ގުޅުން ހަރުދަނާވެގެންދޭ" އަރީޝާ ވިދާޅުވިއެވެ.
އެ ސްކޫލްގައި 42 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާއިރު، ހަތަރު މުވައްޒަފުން ނުލައި ދެން ތިބީ އަންހެން މުވައްޒަފުންނެވެ. އެ ސްކޫލުގައި 270 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު