އއ. މާޅޮހު ސްކޫލުން ކުރިއަށް ގެންދިޔަ ބެލެނިވެރިންގެ ހަފްތާގެ ތެރެއިން، ކުލާސްތަކަށް ގޮސް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ވަގުތު ކޮޅެއް ބެލެނިވެރިންނަށް ފަހިކޮށްދީފައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މެންދުރުކުރީގެ ދަންފަޅީގައި ގުރޭޑް 9އާ ހަމައަށް، ހުރިހާ ކުލާސްތަކަށް ކިޔަވައިދޭން ނުކުތީ އެ ސްކޫލްގެ ބެލެނިވެރިންނެވެ.

މާޅޮހު ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވިގޮތުގައި، ކުލާސްތަކަށް ބެލެނިވެރިން ދިޔުމުން ދަރިވަރުންނަށް ލިބުނީ ސަޕްރައިޒެއް ކަމަށާއި، ކުދިންނަށް ތަޖުރިބާކުރެވުނީ ވެސް މުޅިން ތަފާތު ކަމެކެވެ.
" ކުދިން އުއްމީދު ކުރި ކަމަކަށް ނުވާތީ، ހައިރާންވަފައި ތިބީ، އަދި ދަރިވަރުން ކިޔެވުމުގައި ވަގުތު ހޭދަކުރީ ވެސް ވަރަށް ގަޔާވެގެން" ޝިމާނާ ވިދާޅުވިއެވެ.
ޝިމާނާ ވިދާޅުވިގޮތުގައި، ކިޔަވައިދިނުމަށް ބެލެނިވެރިން ތިބީ ދުރާލާ ތައްޔާރުވެގެންނެވެ. އެހެންވެ ކޮންމެ ކުލާހެއް ވެސް ގެންދިޔައީ ދަރިވަރުންގެ ޝަޢުޤު ނުގެއްލި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިލައިގެންނެވެ.

" މިފަދަ މަސައްކަތަކުން ބެލެނިވެރިންނަށް ތަޖުރިބާ ކުރެވުނީ، ޓީޗަރުން ކުރާ މަސައްކަތް، އުފުލާ އުނދަގޫތައް. އެންމެ ބޮޑަށް ފާގަވީ، ދަރިވަރުންނަށް ކިޔަވައިދޭން ކުލާސްތަކަށް ދިއުމުގެ ކުރިން ބެލެނިވެރިން ތައްޔާރުވި މިންވަރު."
ހެނދުނު ދަންފަޅީގެ ކިޔެވުން ނިންމާލާފައި، ބެލެނިވެރިން އެމީހުންގެ ތަޖުރިބާ ހިއްސާ ކުރި ކަމަށާއި، އެއީ ބެލެނިވެރިންނަށް ލިބުނު މުހިންމު ފިލާވަޅެއްކަމަށް ބެލެނިވެރިން ފާހަގަކުރި ކަމަށް ޝިމާނާ ވިދާޅުވިއެވެ.

ހަތްފާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާ މިއީ ހަތަރު ވަނަ ދުވަހެވެ. ބެލެނިވެރިންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ދަނީ ބެލެނިވެރިންނަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މާޅޮހު ސްކޫލްގައި މި އަހަރު ކިޔަވައިދެމުން ގުރޭޑް 9އާ ހަމައަށެވެ. އެ ސްކޫލްގައި 126 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު