ގދ. އަތޮޅު ކައުންސިލުން އިންތިޒާމްކުރާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ފެށިއިރު، 22 ސްކޫލަކުން 843 އެތްލީޓުން ބައިވެރިވެފައިވެއެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މި މުބާރާތް ކުރިއަށް ދާނެއެވެ.
މުބާރާތުގެ އިވެންޓްތައް މިއަދު ހެދުނު ފެށި ނަމަވެސް، ފެށުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރުއެވެ. ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.
ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދަނީ ދެ ޖިންސަށް ބަހާލައިގެންނެވެ. މިއަދު ހެދުނު ކުރިއަށް ގެންދިޔައީ ޑިސްކަސް އުކުމާއި ޖުވެލިން އުކުމާއި ޝޮޓްޕުޓް، ލޯންގ ޖަމްޕް، 600 މީޓަރާއި 1500 މީޓަރުގެ ދުވުމެވެ.
advertisment
ހިޔާލު