މިލަންދޫ ސްކޫލްގެ ޑްރާމާ ފެސްޓިވަލަށް ބޮޑު ތަރުޙީބެއް

ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސްޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އޮފީސްތަކުގެ ޑްރާމާ ފެސްޓިވަލަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. ޑްރާމާތައް ދައްކަން ފެށީ ރޭގައެވެ.

އަލިމަސް މޫވީ ނައިޓްގެ ނަމުގައި ޑްރާމާތައް ދައްކަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. މި ފެސްޓިވަލުގައި ހަތަރު ޑްރާމާއެއް ބައިވެރިކޮށްފައިވެއެވެ. ޑްރާމާތައް ބައިވެރިކުރީ، އެ ސްކޫލުގެ އިތުރުން ރަށު ކައުންސިލާއި ފެނަކައާއި ރޯޑްކޯޕަރޭޝަނުންނެވެ.

ރޭ ދެއްކީ ރޯޑްކޯޕަރޭޝަނާއި ފެނަކައިން ތައްޔާރު ކުރި ޑްރާމާތަކެވެ.

މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ދަރިވަރު ނޫހަށް ވިދާޅުވީ، ހަތަރު ކެޓަގަރީ ތަކަށް ބަހާލައިގެން 1200 ޓިކެޓް ވިއްކާފައިވާ ކަމަށާއި، ފެސްޓިވަލަށް ބެލެނިވެރިންގެ ތަރުޙީބު ބޮޑުކަމަށެވެ.

" އުއްމީދު ކުރި ވަރަށްވުރެ ތަރުޙީބު ބޮޑުކޮށް ދަނީ" އާދިމް ވިދާޅުވިއެވެ.

ޑްރާމާ ފެސްޓިވަލަކީ އެ ސްކޫލްގެ ޑައިމަންޓް ޖުބުލީ ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދަން ކުރިއަށް ފެންދާ މުހިންމު ހަރަކާތެކެވެ.

މުބާރާތުގައި ބައިވެރިކުރި ޑްރާމާތައް އަމާޒުކޮށްފައި ވަނީ ދަރިވަރުންނަށާއި، މިލަންދޫގެ މީހުން ކުރިން ދިރިއުޅެމުން އައި މާކަނޑޫދޫގެ ތާރީޚާއި އެމީހުންގެ ދިރިއުޅުމުގެ މައްޗަށެވެ. 45 މިނިޓާއި 60 މިނިޓްގެ މި ޑްރާމަތަކުން، އިޖްތިމާއީ އެތައް މެސެޖެއް މުނުފޫހި ފިލުވުމުގެ ތެރެއިން ގެނެސްދިން ކަމަށް މިލަންދޫ ސްކޫލުން ފާހަގަކުރެއެވެ.

މިލަންދޫ ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެހާރާއި މިހާރުގެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ޝޯތަކެއް ވެސް ދާދި ފަހުން އެ ސްކޫލުގައި ވަނީ ބާއްވާފައެވެ.

މިލަންދޫ ސްކޫލްގައި ހަ ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *