އދ .އަތޮޅު މަދަރުސާއަށް މަޓިޕާރޕަސް ހޯލަކާއި ހަތް ކުލާސްރޫމް އިތުރުކުރަނީ

އދ .އަތޮޅު މަދަރުސާއަށް މަޓިޕާރޕަސް ހޯލަކާއި ހަތް ކުލާސްރޫމް އިތުރުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ހަތް ކްލާސްރޫމާއި އޭވީ ރޫމްގެ އިތުރުން މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް 365 ދުވަހުގެ ތެރޭގައި އެކުންފުނިން ނިންމަނީ 18.9 މިލިއަން ރުފިޔާއަށެވެ.  ޔެސް މޯލްޑިވްސްއާއެކު މި މަސައްކަތް ކުރަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *