ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީން އިންތިޒާމް ކުރާ ފަހި ކުތުބުޚާނާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ދާނީ، ހޮނިހިރު ދުވަހު، ހަވީރު، 4ން 6އަށް އަދި ރޭގަނޑު 8ން 10އަށެވެ.
އެމްއެންޔޫއިން ބުނީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކާއި ބެހޭގޮތުން ނޭނގޭ އެތައް މައުލޫމާތެއް އާންމުންނާއި ހިސާބަށް "ފަހި ކުތުބުޚާނާއިން" ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މައުލޫމާތާއި އެ އަތޮޅެއް ރަމްޒުކޮށްދޭ އެތައް އުފެއްދުންތަކާއި، ވާހަކަތަކެއް އެ އަތޮޅަކަށް ޚާއްޞަ ސްޓޯލްތަކުން ފެންނަން ހުންނާނެ ކަމަށެވެ.
" ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށްލެވޭނެ" ޤައުމީ ޔުނިވަރސިޓީން ބުނެފައިވެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، "ފަހި ކުތުބުޚާނާ" ގެ މަޤްޞަދަކީ، އެ ޔުނިވަރސިޓީގެ ލައިބްރަރީގެ ޚިދުމަތާ ގުޅޭ މައުލޫމާތު އަންގައިދިނުމާއި، ލައިބްރަރީއިން މައުލޫމާތު ލިބިގެން ދަނީ ފޮތްތަކުން އެކަނި ނޫންކަން އަންގައިދިނުމެވެ. ފޮތް ކިޔާތަނެއްގެ ބަދަލުގައި، އާ ކަންކަންތައްތައް ދަސްކޮށްދޭ ނުވަތަ އާ މައުލޫމާތު ލިއްބައިދީ، ހަރަކާތްތަކުން ވެސް މީހުންގެ ހަނދާނުގައި ހަރުލާފަދަ މައުލޫމާތުތަކެއް ލައިބްރަރީއިން ފޯރު ކޮށްދެވިދާނެކަން އަންގައިދިނުމެވެ.
ޔުނިވަރސިޓީން ބުނީ، "ފަހި ކުތުބުޚާނާ" އިން، ލައިބްރަރީގެ ސަރުނައަށް ލުމަށް ތަކެތި ހޯދުމުގެ އިތުރުން، ސަރުނަ އިސްތިހާރުކުރުމާއި، ރާއްޖެ ތަމްސީލްކުރާ އެކި ކަހަލަ ރޮނގުތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ ހަނދާން އާކޮށް، މި ޖީލުގެ ދަރިންނަށް އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ދައްކާލަން ހަމަޖެހިފައިވާ ކަމަށެވެ.
advertisment
ހިޔާލު