ލިޔަންކިޔަން ނުދަތުން ފޮހެލެވިފައިވާ ރަށްތަކަށް ހަނދާނީ ލިޔުން ދެނީ

ލިޔަންކިޔަން ނުދަތުން ފޮހެލެވިފައިވާ ރަށްތަކަށް ހަނދާނީ ލިޔުން ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، އުމުރުން 18 އަހަރާއި 55 އަހަރާދެމެދުގެ އާބާދީގައި ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވިފައި ތިބި އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް މިއަދުން ފެށިގެން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސއްކަތްކުރާނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ނޭޝަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިންނެވެ.

ލިޔެކިޔަން ނުދަތުން މުޅިން ފޮހެލެވިފައިވާ ރަށްތައް ވަކި އުސޫލެއްގެ މަތިން ފާހަގަކޮށް
އެކަން އަންގައިދޭ ހަނދާނީ ލިޔުމެއް އެ ރަށްތަކަށް އަހަރުގެ ތެރޭގައި ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ލިޔަންކިޔަން ދަތުން ފުހެލެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގައާއި ލިޔަންކިޔަން ދަންނަ 100 އިން ސައްތަ ޙާސިލުކޮށްފައިވާ ރަށެއްގެ ގޮތުގައި އެރަށެއް ދެމިއޮތުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ލިޔަންކިޔަން ދަތުމުގެ ދުވަހާއި ގުޅިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެ ސްކޫލަށް ފޮތް ހަދިޔާކުރުމުގެ ޕޮރޮގްރާމެއް kiyamaa-hadhiyaakuramaa# މި ހޭޝްޓެގް އާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ ބޭނުމަކީ ފޮތަށް ލޯބި ޖައްސައި ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމާއެކު ފޮތްކިޔާނެ މަގު ތަނަވަސް ކުރުމެވެ.
ލިޔަންކިޔަން ދަތުމުގެ ދުވަހު ސްކޫލުތަކުގައި ހިނގާ އެންމެ މުހިންމު ހަރަކާތަކީ ނޭނލް ލިޓްރަސީ އެންޑް
މެތެމެޓިކްސް ސްޓްރެޓެޖީގެ އަމާޒަށް ވާސިލުވާނެހެން ރީޑިންގ ޕޮރޮގްރާމެއް ފެށުން ކަމަށާއި، ބައެއް ސްކޫލުތަކުގައި އެ ސްކޫލުތަކުގެ އަމިއްލަ ރީޑިންގ ޕޮރޮގްރާމެއް މިހާރުވެސް ކުރިޔަށް ދާތީވެ، އެފަދަ ސްކޫލުތަކުން ވެސް އަލަށް މިފަށާ ރީޑިންގ ޕރޮގްރާމުގެ މަގުސަދާ އެއްގޮތަށް (އެއްކީލިވާނޭހެން) ކުރީގެ ޕޮރޮގްރާމް ބައްޓަންކުރަން ސްކޫލްތަކަށް އިރުޝާދު ދީފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރިން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *