ހުނަރު ދަސްކޮށްދޭން ކެޔޮދޫ ސްކޫލުން " ހެވަތަ" ޕްރޮގްރާމް ފަށައިފި

ހެކަތަ ޕްރޮގްރާމުގައި ދަރިވަރުން ވަޑާން ކުރަނީ: މި ޕްރޮގްރާމުގެ ސަބަބުން ދިރިއުޅުމުގެ ހުނަރު ދަރިވަރުންނަށް ދަސްވެގެންދާނެ- ފޮޓޯ: ކެޔޮދޫ ސްކޫލް

ހުނަރުތަކާއި ސިފަތައް ދަރިވަރުންނަށް ދަސްކޮށްދޭން ކެޔޮދޫ ސްކޫލުން " ހެވަތަ" ޕްރޮގްރާމް ފަށައިފިއެވެ.

ކެޔޮދޫ ސްކޫލުން ބުނީ، އަތޮޅު ޕޮލިހާއި އެރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސިފަތަކާ ހުނަރުތަރައްގީ ކުރުމަށް ދަރިވަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެ ސްކޫލުން ބުނީ ހަރުދަނާ ޖީލެއް ބިނާކުރުމަށް، ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ އިތުރުން ހުނަރުތަކާ ސިފަތައް ދަސްކޮށް ދިނުމަކީ ކޮންމެހެން މުހިންމު ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުން ވަނީ ބީޗްގައި ބަހައްޓާ މޭޒަކާއި ގޮނޑިއެއް ލަކުނޑުން ހަދާފައެވެ.

މި މަސައްކަތުގައި އެ ސްކޫލުންގެ ދެ ޖިންސްގެ ދަރިވަރުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *