ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" މިއަދު ނިންމާލައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބެވެ.
މި ކޮންފަރެންސްގައި ބައިވެރިވެފައިވަނީ މާލޭ ސަރަޙައްދުގެ 17 ސްކޫލަކުން މުވައްޒަފުން، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނެވެ. އަދި މީގެ އިތުރުން އަތޮޅުތެރެއިން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒުކުރުމަށް ބާރުއެޅުމާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލުގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ޙިއްޞާކޮށް،ސްކޫލުތަކުގެ މެދުގައި ތަޖުރިބާތައް ޙިއްޞާކުރުމެވެ.
advertisment
ހިޔާލު