މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅު ހުރިހާ ސްކޫލަކުން ފަށައިފި

މުރކަ އާލާކުރުމަށް ތައްޔާރުކުރި ފްރޭމްގައި މުރަކަލަ ހަރުކުރަނީ: ބ. އަތޮޅުގެ ހުރިހާ ސްކޫލަކުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވޭ

މުރަކަ އާލާކޮށް ދިރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ބ. އަތޮޅުގެ ހުރިހާ ސްކޫލަކުން މިއަދު ފަށައިފިއެވެ.

އެ އަތޮޅުގެ އަތޮޅު ކައުންސިލުން އިސްނަގައިގެން، ބ، ފުޅަދޫގައި މިއަދު ވަނީ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. ބ. އަތޮޅުގެ ދިހަރަށުގެ ސްކޫލްތަކުން، ކޮންމެ ސްކޫލަކުން ދިހަ ދަރިވަރުން ވަނީ މުރަކަ އާލާކޮށް ދިރުވުމަށް ހިންގި މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެފައެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ބ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން މުރަކަ އާލާކޮށް ދިރުވާނީ އެރަށެއްގެ ފަޅުތެރޭގައި އެރަށެއްގެ ސްކޫލްގެ ދަރިވަރުންނެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މުރަކަ އާލާކުރާނެ ފްރޭމްއާއި އެހެނިހެން ސާމާނު ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި ކުދިން ކުރަމުންދާ މަސައްކަތާއި މުރަކަ އާލާވަމުންދާ ގޮތް މޮނީޓަރކޮށް ބަލަމުން ގެންދާނެ ކަމަށެވެ.

ދެ އަހަރެންހާ ދުވަހަށް ކުރިއަށް ގެންދާ މި ޕޮރޮގްރާމް ކުރިއަށް ގެންދަން ބ. އަތޮޅުގެ ރިސޯޓްތަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *