އޯލެވެލްގައި ދުނިޔެއިން އެއްވަނަ ދެ ދަރިވަރުންނަށް، އޭލެވެލްގައި ދުނިޔޭގެ އެއްވަނައި 35 ދަރިވަރުން ހިމެނިއްޖެއެވެ. ވަކިވަކި މާއްދާތަކަށް ބަލާއިރު، އޯލެވެލްގެ ދުނިޔޭގެ ގަދަ ދިހައެއްގައި 13 ދަރިވަރުން ހިމެނިފައިވެއެވެ. އޭލެވެލްގައި ހިމެނިފައި ވަނީ 52 ދަރިވަރުންނެވެ.
ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދެ ދަރިވަރުންގެ ތެރެއިން، ހެބަދޫ ސްކޫލްގެ މުޙައްމަދު ނާއިލްއަށް އެއްވަނަ ލިބުނީ އިންގްލިޝް ސެކަންޑް ލެންގުއޭޖު ( ސްޕީކިންގ އެންޑޯޒްމަންޓް) އިންނެވެ. ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ސުލަފު މޫސާ ލަތީފަށް ލިބުނީ ޓުރެވަލް އެންޑް ޓޫރިޒަމުންނެވެ.
އޭލެވެލްގެ އެއްވަނަ ލިބުނު 35 ދަރިވަރުންގެ ތެރެއިން 30 ކުދިންނަށް އެއްވަނަ ލިބުނީ އެކައުންޓިން އިންނެވެ. ކެމިސްޓްރީ އާއި ފިޒިކްސްއާއި ބައިލޮޖީއާއި އިކޮނިމޮކްސްގެ އިތުރުން ބިޒްނަސް އިން އެއްވަނަ ފަސް ދަރިވަރުން ހޯދާފައިވެއެވެ.
އޯލެވެލްގެ ދުނިޔޭގެ ގަދަ ދިހައެއްގައި ނުވަ ދަރިވަރުން ހިމެނިފައިވަނީ ޓްރެވަލް އެންޑް ޓޫރިޒަމުންނެވެ.
advertisment
ހިޔާލު